2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މައުމޫނު ވާދަކުރައްވާނެބާ...؟ — Ihavandhoo.com

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މައުމޫނު ވާދަކުރައްވާނެބާ...؟

 

ރައީސް މައުމޫނު އަލުން ވެރިކަމަށް ކުރިމަތިލައްވަފާނެތޯ އެވެ. ދިވެހި ވަރަށް ގިނަރައްޔިތުންގެ ސުވާލެކެވެ. އަދި އެމަނިކުފާނުންގެ ސީދާކޮށް ޖަވާބުނުދެއްވާ ސުވާލެކެވެ. ފައިބެ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިޔާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިޔުއެއްގައި އެމަނިކުފާނުން ވިދާޅުވެފައިވަނީ ވެރިކަމަށް ކުރިމަތިލެއްވުމާއި މެދު އަދި ވަކިގޮތެއް ނުނިންމަވާކަމަށެވެ. 
އެހެންނަމަވެސް، ނިމިދިޔަ ޕީޕީއެމްގެ ކޮންގްރެސްގައި، އެޕާޓީގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބުދުލް ގައްޔޫމު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެކަމުގެ އިޝާރާތެއް އެމަނިކުފާނުންގެ ދޮށީ ފިރިހެން ދަރިކަލުން ފާރީޝް މައުމޫނުވަނީ ދެއްވާފައެވެ.
އެއީ، ސިޔާސީ މަޝްރަހު ރޭވިގެންދާ ގޮތުންނާއި ޕީޕީއެމްގެ ކަންތައްތައް ބައްޓަންވެ ތައްގަނޑަށްފެތި ހަމަޖެހެމުންދާ ގޮތުން ލަފާކުރެވޭ ގޮތެކެވެ.
އެހެނީ، ޕީޕީއެމްގެ މައި ގުނަން، ކައުންސިލްގެ 14 ގޮނޑީގެ ތެރެއިން 12 ގޮނޑި އެޕާޓީގެ ފުރަތަމަ ކައުންސިލް އިންތިޚާބުގައި ކާމިޔާބުކުރެއްވީ، އެމަނިކުފާނުންގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ "ޔަގީން ޓީމުން" ނެވެ. ޔަމީންގެ ޓީމާ ވާދަކުރެއްވި އުމަރު ނަސީރުގެ ޓީމަށް ލިބިލެއްވީ އެންމެ 2 ގޮނޑި އެވެ. ނަމަވެސް ނައިބުރައީސްގެ ދެޖާގައިގެ ތެރެއިން އެއްޖާގަ ކާމިޔަކުރީ އުމަރު ޓީމުގެ އިލްހާމް އެވެ.
ކުރިއަށްއޮތީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިޢުލާންކޮށްފައިވަނީ ޔާމީނާއި އުމަރެވެ. ޔާމީން ވިދާޅުވަނީ ކޮންގްރެސްގެ ނަތީޖާއަކީ، ރިޔާސީ ޕްރައިމަރީގެ ހިޔަނި ކަމަށެވެ. ނަމަވެސް އުމަރުގެ ވިސްނުން މުޅިން ތަފާތެވެ. އުމަރު ދެކެވަޑައިގަންނަވަނީ ނިމުނު އެއިންތިޙާބަކުން(ކޮންގްރެސް ) ރިޔާސީ ރޭހަށް ހިސާބެއް ނެހެދޭނެކަމަށެވެ.
މައުމޫނު ވިދާޅުވަނީ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާ ބޭފުޅެއްގެ ފަހަތުގައި ހުރިހާ މެންބަރުންވެސް ނުގުޑާފަދަ އަޒުމެއްގައި ތިބެން ޖެހޭނެ ކަމަށެވެ.
އަދިވެސް، ރައީސް މައުމޫނު ވެރިކަމަށް ކުރިމަތިލައްވެމާއި މެދު ގޮތެއް، ވަރަށް ސާފުކޮށް އަދި އެހާ ސާފެއް ނުވެއެވެ.
އުމަރު އަބަދުވެސް ބުނަމުން އަންނަނީ އެންމެ ފަހުވަގުތު، އޭނަ ޖަހާނީ ކާލާ މަންނަ ކަމަށެވެ.
ކޮންގްރެސް އިންތިޚާބުތަކުގެ ނަތީޖާއަކީ ރިޔާސީ ޕްރައިމަރީގެ ހިޔަންޏެއް: ޔާމީންމިސުރުޚީގެ ދަށުން ހަވީރު ނޫޙުގައި (ޖަނަވަރީ 19، 2013 ) ލިޔެފައިވާ ޚަބަރަށް، ޑެލްޓާ18 ގެ ނަމުގައި ކިޔުންތެރިޔަކު ކޮށްފައިވާ ކޮމެންޓެއްގައި ވެއެވެ.
"ޔާމީނަށް އަދި ތިއަ ފެނިވަޑައިގަންނަވާ ހިޔަންޔަކީ އަވާ މެންދުރެއް. ފަހުވަގުތު ޕީޕީއެމުން ކުރިމަތިލާނީ އައްޑިހަ އަހަރުންމަތީ ގެ މުސްކުޅި ތަޖުރިބާކާރު ލީޑަރު." 
އެހެންނަމަވެސް، ސިޔާސީ މަޝްރަހު ޝަރަޙަކުރައްވާ ގިނަބަޔަކު މިހާރު ލަފާކުރައްވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މައުމޫނުގެ އާއިލާގެ ގިނަ ބޭފުޅުން ނުގުޑާފަދަ އަޒުމެއްގައި ޔަމީންގެ ޔަގީން ޓީމާއެކު ތިއްބަވާނެކަމަށެވެ.
ޕްރައިމަރީގެ ފަހުން ވާނެގޮތެއް ނޭނގެއެވެ.

ސޮންދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ