އެމް ޑީ އޭ އިހަވަންދޫ އޮފީސް ހުޅުވައިފި — Ihavandhoo.com

އެމް ޑީ އޭ އިހަވަންދޫ އޮފީސް ހުޅުވައިފި

19 ޖެނުއަރީ 2013 0

މޯލްޑިވެސް ޑިވެލޮޕުމަންޓް އެލައިންސްގެ އިހަވަންދޫ އޮފީސް ހުޅުވައިފިއެވެ. އެމް ޑީ އޭގެ އިހަވަންދޫ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ރޭ 8:45 ގައި އެމް ޑީ އޭ އިހަވަންދޫ އޮފީސް ހުރި ސަރަހައްދުގައެވެ.

ރޭގެ ރަސްމިއްޔާތު ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވާ ދެއްވީ އަލްފާޟިލް އަޙުމަދު ރަޝީދު / އާހިޔާ އެވެ. އޮފީސް ހުޅުވުމުގެ ގޮތުން އޮފީހުގައި ހުރި އެމް ޑީ އޭގެ ދިދަ ނަންގަވާ ދެއްވީ އެމް ޑީ އޭގެ އިންތިގާލީ ލީޑަރު އަޙުމަދު ޝިޔާމު މުޙައްމަދު އެވެ. އަދި ޤައުމީ ދިދަ ނަންގަވާ ދެއްވީ ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްފާޟިލް އަޙުމަދު އާމިރު އެވެ. މިރަސްމިއްޔާތުގައި އެމް ޑީ އޭގެ ކައުންސިލްގެ ބައެއް މެމްބަރުންނާއި ނައިބު ލީޑަރުން ބައިވެރިވެލެއްވިއެވެ.

އެމް ޑީ އޭ އިހަވަންދޫ އޮފީސް ހިންގަނީ ހއ. އިހަވަންދޫ ޅޮސްމާގޭގައި ކުރިން މެޖިކުފުޑު ހިންގި އިމާރާތުގައެވެ.

 

އެމްޑީއޭ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ