އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށް ސުލްހަވެރި ހިނގާލުމެއް ބާއްވައިފި — Ihavandhoo.com

އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށް ސުލްހަވެރި ހިނގާލުމެއް ބާއްވައިފި

1 ނޮވެމްބަރު 2019 0

 

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާތީ އެ ރިޕޯޓު ކުއްވެރިކޮށް އަޑުއުފުލުމަށް އިހަވަންދޫގައި ސުލްހަވެރި އެއްވުމެއް ބާއްވައިފިއެވެ.

މިއަދު ހަވީރު 4:15 ގައި އިހަވަންދޫ ބަނދަރު ސަރަހައްދުން ފެށި މިހިނގާލުމަކީ އިހަވަންދޫގެ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިނގާލުމެކެވެ. ގިނައަދަދެއްގެ ބައިވެރިންނާއެކު މި ހިނގާލުން ކުރިއަށްގެންގޮސްފައި ވަނީ އިހަވަންދޫ ބަނދަރު ސަރަހައްދުން ފެށިގެން ގޮސް އޯކިޑު މަގު އަދި އަމީނީމަގުން އައިސް ބަނދަރުމައްޗަށެވެ.

ހިނގާލުމުގެ ބައިވެރިން ތިބީ އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށް ޝުއޫރު ފާޅުކޮށްފައިވާ ބެނާތައް ހިފާގެންނެވެ. އަދި އެމްޑީއެން އުވާލުމަށް ގޮވާލާފައިވާ ހެޑުބޭންޑުތައް އަޅައިގެންނެވެ. މި ހިނގާލުމުގައި ބައެއް ބޭފުޅުން ވަނީ ޝޫއޫރު ފާޅުކޮށްފައެވެ. މިގޮތުން އިހަވަންދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓު ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އިބުރާހިމް، އަދި އިހަވަންދޫ ސުކޫލުގެ ޕުރިންސިޕަލް އަލްފާޟިލް އަޙްމަދު ރަޝީދުގެ ވާހަކަފުޅު ފާހަގަ ކޮށްލެވެއެވެ.

މިއަދުގެ ހިނގާލުމުގައި ބައިވެރިން ވަނީ އެމްޑިއެން އުވާލުމަށާއި، އެމްޑީއެންގެ ރިޕޯޓު ލިޔުނު ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ