މީހެއްގެ ހަށިގަނޑުގައި 12 އަހަރު ވަންދެން އޮތް ކަތުރެއް ފެނިއްޖެ

15 ޑިސެމްބަރު 2014 0

ކަޒަގިސްތާނުގެ އުމުރުން 53 އަހަރުގެ ފިރިހެނެއްގެ ބަނޑުގައި 12 އަހަރު ވަންދެން އޮތް ކަތުރެއް ޑަކުޓަރުންނަށް ފެނިއްޖެ އެވެ.

ރިޕޯރޓުތައް ބުނާގޮތުން 53 އަހަރުގެ މިމީހާ މީގެ 12 އަހަރު ކުރިން ވަނީ ބަނޑުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. ވަރަށް ބޮޑަށް ބަނޑުގައި ރިއްސުމާއެކު ކާހިތްނުވުވުމާއި ބަރުދަން ލުއިވަމުންދާން ފެށުމުގެ ސަބަބުން މިމީހާ ޑަކުޓަރަށް ދެއްކުމުން ހެދި އެކުސްރޭއިން ދައްކާގޮތުގައި އޭނާގެ ބަނޑުގައި 20 ސެންޓިމީޓަރުގެ ކަތުރެއް އޮތެވެ. އަދި އެއީ އޮޕަރޭޝަން ކުރާއިރު ބޭނުންކުރާކަހަލަ ކަތުރެއެް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފިރިހެން މީހާ ބުނެފައިވަނީ މީގެ 12 އަހރު ކުރިން ކުރި އޮޕަރޭޝަނަށްފަހު އަބަދުވެސް ބަނޑުގައި ރިއްސާ ކަމަށެވެ. އަދި ގިނައިން ކާ ކޮންމެ ފަހަރަކު، ބަނޑުން ދިލަ ތަދެއް އިހުސާސް ކުރެވޭކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް މިހާ ދުވަސްވީއިރުވެސް އެކަމާ އަޅާ ނުލާކަމަށް އޭނާ ބުނެއެވެ.

ޑޮކްޓަރު ބުނީ މިފަދަ ހާދިސާއެއް އޭނާއަށް ދުވަހަކުވެސް ދިމާވެފައިނެތްކަމަށެވެ. މިމީހާ ދެއްކި ހޮސްޕިޓަލުން މިހާރު އަންނަނީ ކަތުރު ނެގުމުގެ އޮޕަރޭޝަނަށް ތައްޔާރުވަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ