މެމްބަރު މުޙައްމަދު ޢަބުދުﷲ ގެ ސާބިތުކަން އެނގިއްޖެ :ރައީސް ނަޝީދު — Ihavandhoo.com

މެމްބަރު މުޙައްމަދު ޢަބުދުﷲ ގެ ސާބިތުކަން އެނގިއްޖެ :ރައީސް ނަޝީދު

5 ޖުލައި 2017 0

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާ ބައްދަލުވެ ވާހަކަ ދައްކާލުމުން އޭނާގެ ހިތްވަރާއި ސާބިތުކަން ސާފުވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރައްވާފައިވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާފައި ވަނީ ސުރީލަންކާގަ އެވެ.

ރައީސް ނަޝީދުވަނީ މުހައްމައާއި ބައްދަލު ކުރެއްވުމަށްފަހު ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓު ކުރައްވާފައެވެ. އެ ޓްވީޓުގައި މުހައްމާއާއި ބައްދަލުކޮށް ވާހަކަ ދެކެވުނު ކަމަށާއި އެވާހަކަތަކުން މުހައްމާގެ ހިތްވަރާއި ސާބިތުކަން ސާފުވި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބްދުﷲ މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކަމަށް ވިޔަސް، އެ ބޭފުޅާ ވަނީ 9 ޖުލައި 2014 ގައި ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރުގެ ސާފު މެޖޯރިޓީ ޕީޕީއެމްއަށް ލިބިގެންދިޔައީ މުޙައްމަދު ޢަބްދުﷲގެ ސޮޔާއި އެކުގައިކަން ފާހަގަކުރެވެއެވެ.

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ