މައިކޮލެޖް ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

8 ސެޕްޓެމްބަރު 2017 0

މައިކޮލެޖް އިހަވަންދޫ ކެމްޕަހުން މިހިނގާ ސެޕްޓެމްބަރ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު 14 ސެޕްޓެމްބަރ 2017 އާއި ހަމައަށް އިތުރުކޮށްފިއެވެ. ސެޕްޓެމްބަރު މަހުގެ ފުރުޞަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް 3 ން ފެށިގެން ޑިގްރީ ފެންވަރުގެ ތަފާތު ދާއިރާ ތަކުގެ ކޯސްތައް ހިމެނެއެވެ. މިކޯސްތަކަށް މިހާތަނަށް އެކަށީގެންވާ ތަރުހީބެއް ލިބެމުން އަންނަކަމަށް އެ ކޮލެޖުން ހާމަކުރެއެވެ. ކޯސްތައް ހިންގާ ދާއިރާ ތަކުގެ ތެރޭގައި، ޓީޗިން، ބިޒްނަޒް އަދި ހިޔުމަން ރިސޯސް މެނޭޖްމަންޓް، އެކައުންޓިންގ، ޓްއަރިޒަމް ދާއިރާގެ ކޯސްތައްހިމެނެއެވެ. 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހު އިހަވަންދޫގައި މައިކޮލެޖުގެ ފަރާތުން ހުޅުވާފައި ކެމްބަހުގައި މިހާރުވެސް ތަފާތު އެކިދާއިރާގެ 6 ކޯހެއްގައި ސެޓްފިކެޓް ފެންވަރުން ފެށިގެން ޑިގްރީ އަދި ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ކިޔަވަމުންދާކަން ފާހަގަ ކޮށްލެވެއެވެ. މިދަރިވަރުންގެ ތެރޭގައި ގިނަޢަދަދަކަށް ހއ.އަތޮޅުގެ ތަފާތު އެކިރަށްރަށުން ކުދިން ކިޔަވަންއަންނަކަމީ މައިކޮލެޖް އިހަވަންދޫ ކެމްޕަހާއިމެދު ދަރިވަރުންގެ މެދުގައި އޮތް އިތުބާރު އަންގާދޭ ކަމެއްކަން އެކޮލެޖުގެ ފަރާތުން ފާހަގަ ކުރެއެވެ. މައިކޮލެޖު އިހަވަންދޫ ކެމްޕަހުން މިހާރު މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރު ޖެނުއަރީގައި މާސްޓަރ އޮފް އެޑިޔުކޭޝަން ކޯސްފެށުމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް ބޮޑަށް އަމާޒު ކޮށްފައިވަނީ މިއަހަރު ގުރޭޑް 12 ނިންމި ދަރިވަރުންނަށް ކަމަށްވިޔަސް އުމުރުން 18 އަހަރު ފުރިފައިވާ 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާހުރި ކޮންމެ ބޭފުޅަކަށްވެސް އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވެ 1 އަހަރު ދުވަހުގެ ތެރޭ ޑިގްރީ އަށްކިޔެވެންފެށޭނެ ކަމަށް މަޢްލޫމާތު ދެއެވެ. އަދި ހަމައެހެންމެ ގްރޭޑް 12 ނިންމިއިރު އިސްލާމް އަދި ދިވެހި މާއްދާއިން އެކަނި ފާސްވެފައިވާ ދަރިވަރުންނަށްވެސް ޑިގްރީ ކޯސްތަކުން ފުރުޞަތު ދެވިގެންދާއިރު މިއީ ރަށުގައިތިބެގެން އެމް،ކިޔު،އޭ ޤަބޫލުކުރާ ސެޓްފިކެޓެއް ހޯދުމަށް އޮތް ރަނުގެ ފުރުޞަތެކެވެ. މީގެ އިތުރުން މައިކޮލެޖް އިހަވަންދޫ ކެމްޕަހުން ހާމަ ކުރާގޮތުގައި ކޯސްތައް ކުރިޔަށްގެންދާނީ ވަޒީފާ އަދާކުރަމުންވެސް ކިޔެވޭގޮތައް ރޭނގަޑު ނުވަތަ  ޚާއްޞަށް ރަށުންބޭރުން ދުރުވާ ފަރާތްތަކަށް ހަފްތާ ބަންދުގައި ބްލޮކު މޯޑަށެވެ.

 

އެހެންކަމުން މިކޯސްތަކަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9544785 / 9947748 ނަމްބަރު ފޯނާއި ގުޅުމުން ކުރިމަތި ލުމުގެ ކަންތައް ހަމަޖެހިގެންދާނެއެވެ.

މައިކޮލެޖް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ