މިފްކޯ އައިސްޕްލާންޓު ހިންގާ ބިމުން ކުލިނަގަން ކައުންސިލުން ނިންމައިފި

26 ނޮވެމްބަރު 2020 0

މިފްކޯއިން އިހަވަންދޫގައި ހިންގަމުންއަންނަ އައިސްޕްލާންޓުން ބިމު ކުލި ނަގަން އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އިއްޔަ އެކައުންސިލުގައި އޮތް އާންމު ޖަލްސާގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލުން ނިންމާފައިވަނީ މިފްކޯ އައިސްޕްލާންޓް ހުރި ބިމުން އަކަފޫޓަކަށް މަހަކު 10ރ ގެ ކުއްޔެއް ނެގުމަށެވެ. މިފްކޯ އައިސް ޕްލާންޓް ހުރިބިމަކީ 16333 އަކަ ފޫޓްގެ ބިމެއް ކަމުން، އަކަ ފޫޓަކަށް 10ރ ނަގާނަމަ މަހުކުއްޔަށް 163،330ރ އަރާނެއެވެ.

2019 ވަނައަހަރު އިހަވަންދޫގައި ހުރި މިފްކޯ އައިސް ޕްލާންޓްގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް ވަނީ ބަދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯ އިހަވަންދޫ އައިސްޕްލާންޓަކީ މިފްކޯއިން ހިންގާ އައިސްޕްލާންޓް ތަކުގެ ތެރެއިން އެކުންފުންޏަށް އެންމެ ފައިދާވާ އެއް އައިސްޕްލާންޓެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް ބުނެފައިވަނީ މިފްކޯއިން ހިންގާ އިހަވަންދޫ އައިސްޕުލާންޓަކީ ވިޔަފާރި އުސޫލުން ބޮޑުކޮށް ފައިދާނަގާ ތަނެއް ކަމަށެވެ. އައިސްޕުލާންޓު ހިންގާ ބިމުން ބިމުކުލި ނެގުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ