މިލިއަނަކަށްވުރެ ގިނަ ހައްޖާޖީން މިނާ އަށް ޖަމާވެއްޖެ

19 އޮގަސްޓު 2018 0

ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދުނިޔޭގެ ކަންކޮޅުތަކުން ދިޔަ މުސްލިމުން މާދަމާ އަރަފާތަށް ދިއުމަށްޓަކައި މިނާ އަށް ޖަމާވެއްޖެއެވެ.

ހައްޖާޖީންގެ ތަފާސްހިސާބުތައް ބަލަހައްޓާ ކޮމިޝަނުން އިޢުލާނުކޮށްފައިވާ ގޮތުގައި މިއަދު  ހަވީރު 5:00 ގެ ނިޔަލަށް އެއްމިލިއަން ނުވަލައްކަ އައްޑިހައެއްހާސް ހަތްސަތޭކަ ހަތްދިހަ އެއް (1981771) ހައްޖުވެރިން ވަނީ މައްކާއަށް އައިސްފަ އެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިންގެ ޖުމުލަ އަދަދު މާދަމާ އިޢުލާނު ކުރެވޭނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ޢަރަފާތުގެ ފިނި ހޫނު މިން ހުރީ 41 ޑިގްރީ ސެލްސިއަސްގައެވެ. އަދި މާދަމާ ޢަރަފާތުގެ ފިނިހޫން މިން ހުންނާނެކަމަށް އެޤައުމުގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވަނީ 45 ޑިގްރީ ސެލްސިއަސްއެވެ.

ހައްޖު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ