މިނިވަން 50: މިނިވަން 50 ގެ ހާއްސަ ޖާފަތެއް ބާއްވައިފި — Ihavandhoo.com

މިނިވަން 50: މިނިވަން 50 ގެ ހާއްސަ ޖާފަތެއް ބާއްވައިފި

30 ޖުލައި 2015 0

މިރޭގެ ޖާފަތުގެ ތެރެއިން. ފޮޓޯ: ލަޔާން އަޙްމަދު / އިހަވަންދޫޑޮޓްކޮމް

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭގޮތަށް ޖާފަތެއް ދީފިއެވެ. މިޖާފަތް އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައިވަނީ، އިހަވަންދޫ ރަށުކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މިރޭގެ މިރަސްމިއްޔާތު، ކުރިއަށް ދިޔައިރު، އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ. އަދި މީގެ އިތުރުން، މިނިވަން 50 ގައި އިހަވަންދޫގައި ކުރިއަށް ގެންދާ އެކިއެކި ޚަރަކާތްތައް ބަލައިލުމަށް އިހަވަންދުއަށް ޒިޔާރަތްކޮށްފައިވާ ރަށުންބޭރުގެ ގިނައަދަދެއްގެ ފަރާތްތަށްވެސް، މިހާއްސަ ޖާފަތުގައި ބައިވެރިވެފައިވެއެވެ.

އިހަވަންދޫ ރަށު ކައުންސިލްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މިރޭގެ މިރަސްމިއްޔާތު ކުރިއަށް ގެންދިއުމުގައި ވަރަށްގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އިހަވަންދޫގައި ހުރި ސަރުކާރުގެ މުޥައްސަސާތަކާއި، ކުލަބު ޖަމިއްޔާ ޖަމާއަތްތަކާއި، އިހަވަންދޫގެ ގިނައަދަދެއްގެ ރައްޔިތުންގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.

މިރޭގެ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ، އިހަވަންދޫ ރަށުކައުންސިލްގެ ފައިނޭންޝިއަލް އޮފިސާރ އަލްފާޟިލް ޢަބްދުﷲ ސަމީރުއެވެ. ޝަރަފުވެރި މެހެމާނު މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ދެއްކެވި ވާހަކާގައި ، މިނިވަންކަމުން ކަމުގެ ދިގުތާރީޚުން އިބްރަތް ލިބިގަތުމަށާއި، މިނިވަންކަން ދެމެހެއްޓުމަށް ހިތްވަރާއެކުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފާ ވެއެވެ.

މިރޭ ބޭއްވިގެންދިޔަ ހާއްސަ ޖާފަތަށްފަހު، މިނިވަން ފަންސާހުގައި ކުރިއަށް ގެންދެވުނު ބައެއް ޚަރަކާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށްއާ ފަރާތްތަކަށް އިނާމުދީފައިވެއެވެ. މިރޭގެ މިރަސްމިއްޔާތު ކުރިއަށް ދިއައިރު، މިނިވަންފަންސާހާ ގުޅޭ ހާއްސަ ބަންޖެއް އިހަވަންދޫ ރަށުކައުންސިލްގެ ފަރާތުން ހުށައަޅާދީފައިވެއެވެ. އަދި މިނިވަންކަން ގެއްލުނު ގޮތާއި އެ މިނިވަންކަން އަނބުރާ ލިބުނު ގޮތަށް ބަލައިލާ، އިހަވަންދޫ މަދަރުސާގެ ފަރާތުން ވެސް ބަންޖެއް ހުށައަޅާދީފައިވެއެވެ.

މިނިވަން 50

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ