މިއަންމާއާ އެކު އޮތް ވިޔަފާރީގެ ގުޅުން ރާއްޖެ އިން ކަނޑާލައިފި

3 ސެޕްޓެމްބަރު 2017 0

މިޔަންމާގެ ސަރުކާރުންނާއި އެޤައުމުގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުން އެޤައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާގެ ސަބަބުން ރާއްޖެ އާއި އެ ގައުމާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން މިއަދު ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. އެ މިނިސްޓްރީން ބުނިގޮތުގައި ރާއްޖެ އާއި މިއަންމާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލީ، މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ފިޔަވަޅު އެޅުމާ ހަމައަށެވެ.

 

ރާއްޖެ އިން ވަނީ ރޮހިންޖާގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ މައްސަލަ ބެލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލަށާއި ހިއުމަން ރައިޓްސް ކައުންސިލަށް ވެސް ގޮވާލައިފަ އެވެ.

މިއަންމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ