މިޔަންމާގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ގުނޫތު ނާޒިލާ ކިޔުމަށް އަންގައިފި

5 ސެޕްޓެމްބަރު 2017 0

ރޮހިންޖާގެ މުސްލިމުންތަކެއް ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި: ފޮޓޯ: އަލްޖަޒީރާ

މިއަންމާގައި  ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މިރޭ މަޤުރިބު ނަމާދުން ފެށިގެން ނަމާދުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި އަންގާފައި ވަނީ ކޮންމެ ޖަހްރިއްޔަ (އަޑު ހަރުކޮށް ކިޔަވާ) ނަމާދެއްގެ ފަހު ރަކުއަތުގެ އިއުތިދާލުގައި މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން، މިނިސްޓްރީން ވަކި ގޮތަކަށް އަންގަންދެން ގުނޫތު ނާޒިލާ ކިޔުމަށެވެ. މި ދުއާ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

 ޤުނޫތު ނާޒިލާ އަކީ ދިމާވާ ކާރިޘާތަކުންނާއި މުސީބާތުގެ ވަގުތުގައި ކިޔުމަށް ހާއްސަ ދުއާއެކެވެ.  

މިއަންމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ