އިހަވަންދޫ ޑޮޓްކޮމްއިން މޯބައިލްފޯނަށް ހާއްސަ ވާޝަންއެއް ތައާރަފް ކޮށްފި — Ihavandhoo.com

އިހަވަންދޫ ޑޮޓްކޮމްއިން މޯބައިލްފޯނަށް ހާއްސަ ވާޝަންއެއް ތައާރަފް ކޮށްފި

3 ޑިސެމްބަރު 2013 0

ފެހިހިޔަނީގެ މޯބައިލް ވާޝަން

އިހަވަންދޫ ޑޮޓްކޮމްގެ އައުވާޝަން ކަމަށްވާ ފެހިހިޔަނީގެ މޯބައިލް ޑިވައިސްތަކަށް ތާޒާކޮށްފައިވާ ވާޝަން ނެރެފިއެވެ. ފޯނާއި، ފެބްލެޓާއި، ޓެބްލެޓްތައް ބޭނުންކުރާ ފަރާތްތަކުގެ އަދަދު އިތުރުވަމުން އަންނައިރު، އިހަވަންދޫ.ކޮމްގެ ފެހި ހިޔަނި ވާރޝަންގެ އެހީއާއިއެކުގައި، ފަހިކަމާއެކުގައި، މޯބައިލް ޑިވައިސްތައް ބޭނުންކޮށްގެން އިހަވަންދޫ.ކޮމްއަށް ފީނާލެވޭނެއެވެ.

އިހަވަންދޫ.ކޮމްގެ ޑިވޮލޮޕަރުން މަޢުލޫމާތުދެއްވާގޮތުގައި، ފެހި ހިޔަނި ވާރޝަން 2.0 ގެ އެހީގައި، އިހަވަންދޫ.ކޮމްގެ ހުރިހާ ފީޗާރސްތަކެއް، ހަލުއިކަމާއި ލުއިކަމާއެކުގައި މޯބައިލް ޑިވައިސްތަކަށް ލިބިގެންދާއިރު، މޯބައިލް އިންޓާރނެޓަށް ބޭނުންކުރާ ޑާޓާގެ ނިސްބަތައް ލުއިކަމެއް ލިބިގެންދާނެއެވެ.

"އިހަވަންދޫ.ކޮމްގެ ޑެސްކްޓޮޕް ވާރޝަންއަށް ގާތްގަނޑަކަށް 500 ކޭބީ ލޯޑްކުރާއިރު، ގުރީން ޝެޑޯއިން މޯބައިލް (ފެހި ހިޔަނި) އިން 100 ކޭބީވެސް ނާރާނެ. މާނައަކީ ފަސްގުނަ ހަރަދު ކުޑަވާނެ!" އިހަވަންދޫ.ކޮމް އެއްޑިވޮލޮޕާރ މުޙައްމަދު އަކްރަމް މި ވާރޝަންއާ ބެހޭގޮތުން އިހަވަންދޫ.ކޮމް އާ މަޢުލޫމާތު ހިއްސާ ކުރައްމުން ފާހަގަކުރިއެވެ.

މޯބައިލް ފޯނާ ރަހުމަތްތެރި ވެބުސައިޓަކަށް އިހަވަންދޫ.ކޮމް ހެދުމަށް ކުރި މަސައްކަތުން ފެހި ހިޔަނި ވާރޝަންގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއްކަމަކީ، އިހަވަންދޫ.ކޮމްގެ ލިޔުންތަކަށް، އިތުރު އެހެން އެޕްލިކޭޝަނެއް ބޭނުން ނުކޮށް، ސީދާ ދިވެހި ބަހުން ހިޔާލު ފާޅުކުރެވޭކަމެވެ.

"ވަރަށް ފަސޭހަވާނެ. މޯބައިލް ފޯނާ ވަރަށް ރަޚްމަތްތެރިވާނެ. ކޮމެންޓް ކޮށްލުމަށްވެސް އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވާނެ. ސީދާ ދިވެހިބަހުން، ކޮމެންޓް ލިޔެ ހިޔާލު ފާޅުކުރެވޭނެ." އައިފޯން ފަހަކުން، ކޮމެންޓެއް ލިޔެލަމުން މިވާރޝަންއާ ދޭތެރޭގައި ޑިވޮލޮޕާރ އަކުރަމް ތަޢުރީފުކުރިއެވެ.

މިވާރޝަން އިތުރަށް ފައްކާކުރަމުން ދާއިރު، މިވަގުތު ހަބަރުތަކާގުޅޭ ފޮޓޯ ލޯޑްކުރުމުގައި ކުދިކުދި މައްސަލަތަކާއި ދިމާވިނަމަވެސް، އެކަން ހައްލުކުރުމަށް ވަރަށްބޮޑަށް މަސައްކަތްކުރަމުން އަންނަކަމަށް ޒުވާން ޑިވޮލޮޕާރ މުޙައްމަދު އަދުހަމް މިވާރޝަން އާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވިއެވެ.

"މޯބައިލް ޑިވައިސްއަކުން ނުވަތަ ޓެބްލެޓަކުން، އިހަވަންދޫ.ކޮމް އަށް ވަދެފިނަމަ، އޮޓަމެޓިކުން މޯބައިލް ވާރޝަންއަށް، ޕޮއިންޓްވާނެ (ފޮނުވާލާނެ). އެކަމަކު، ޗޮއިސް އެބައޮތް، މާ ސައިޓަށް (ޑެސްކްޓޮޕް ވާރޝަންއަށް) ވަނުމުގެ އިހުތިޔާރުވެސް އޮންނާނެ. މޯބައިލް ވާރޝަންގެ މަތިން ވައަތްފަރާތު ކަނުން ޑެސްކްޓޮޕް ވާރޝަންއަށް ވަދެވޭނެހެން ޓެބެއް އިންނާނެ." ސައިޓަށް ވަންނަ ފަރާތްތަކަށް، އެފަރާތަކަށް އެންމެ ރަހުމަތްތެރި ވާރޝަންއެއް ހިޔާރު ކުރުމުގެ ފުރުސަތު އޮތްކަން ހާމަކުރަމުން، އަދުހަމް އިހަވަންދޫ.ކޮމް އާ މަޢުލޫމާތު ހިއްސާ ކުރިއެވެ.

އެއްދުވަހުން އަނެއްދުވަހަށް އިހަވަންދޫ.ކޮމްގެ ފެންވަރު ރަނގަޅުކުރަމުގެ މަސައްކަތް ކުރަމުންދާއިރު، މިސައިޓްގެ އެންމެ ބޮޑު މަޤުޞަދަކީ، ލިޔުންތެރިކަން ކުރިއަރުވާ، އިހަވަންދޫގެ ޚަބަރާއި މަޢުލޫމާތު، މުޅިދުނިޔެއަށް، ފޯރުކޮށްދިނުމެވެ. މިސައިޓަށް ލިޔުން ހުށައެޅުމުގެ ފުރުސަތު ހަމަ ކޮންމެ ބޭފުޅަކަށް އަދި ފަރާތަކަށް އޮތް އިރު، އިސްލާމް ދީނާއި، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ހެދިފައިވާ ޤަވާއިދުތަކާއި، އިހަވަންދޫ.ކޮމް ގެ މިންގަނޑާ ހިލާފުނުވާ ކޮންމެ ހިޔާލަކަށްވެސް އިހަވަންދޫ.ކޮމްއިން މަރުޙަބާ ކިޔަމެވެ.  

 

އިހަވަންދޫ ޑޮޓް ކޮމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ