މޮޅަދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ހިންގައިފި — Ihavandhoo.com

މޮޅަދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ހިންގައިފި

11 އޮކްޓޫބަރު 2015 0

ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މޮޅަދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ހިންގައިފި   އެވެ.

ޕޮލިސް މީޑިއާއިން މައުލޫމާތު ދޭގޮތުގައި މި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ހިންގި މިޕްރޮގުރާމަކީ، ހއ.މޮޅަދޫ އަކީ ކުށް މަދު  އަމާން މުޖުތަމަޢުއެއްގެ ގޮތުގައި ބޭއްވުމަށް ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަންއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ޕްރޮގްރާމެއް ކަމަށެވެ.

އެދުވަހުގެ ޕުރިގުރާމުގައި ވަނީ މޮޅަދޫ ސްކޫލުގެ ގްރޭޑް 6 ން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ދިރިއުޅުމުގައި ކޮންމެހެން ވިސްނަން ޖެހޭ ކަންކަމާއި ބަހައްޓަންޖެހޭ އާދަތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައެވެ. އެގޮތުން ސްކޫލުގައި އަދި މަގުމަތީގައި އާއި މީހުންގެ ތެރޭގައި އުޅޭ އިރު ހިފަހައްޓަން ޖެހޭ އަދަބުތައް ކުދިންނަށް ވަނީ އޮޅުންފިލުވައި ދީފައެވެ.

މީގެ އިތުރުން ދަރިވަރުންނަށް ގެވެށި އަނިޔާއަކީ ކޮބައި ކަމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަށް ޢަމަލު ކުރަންޖެހޭ ގޮތާއި ޖިންސީ ގޯނާ ކުރުމަކީ ކޮބައި ކަމާއި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންޖެހޭ ގޮތުގެ މަޢުލޫމާތު ދީފައިވާކަމަށް ޕޮލިހުން ބުނެއެވެ.

މި ޕްރޮގްރާމުގެ ދަށުން މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންދިޔަމި މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ ތެރެއިން ބެލެނިވެރިންނަށް ވަނީ ޕޭރެންޓިން ސްކިލްސްއާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައެވެ. އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ޒިންމާއަކީ ކޮބައި ކަމާއި ދަރިންގެ އުޅުމަށް އަންނަ ބަދަލުތަކާއި އެ ސަބަބުތަކާއި އެހެނިހެން ބަދަލުތައް ދެނެގަންނާނެ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ