އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރިއެއް އިސްލާމްވެ ފިލްމުކުޅުން ހުއްޓާލައިފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރިއެއް އިސްލާމްވެ ފިލްމުކުޅުން ހުއްޓާލައިފި

31 މެއި 2014 0

މޮނިކާ އިސްލާމްވުމަށްފަހު ނަގާފައިވާ ފޮޓޯއެއް. އިސްލާމް ވުމަށްފަހު އޭނާގެ ނަންވަނީ ރަޙީމާ އަށް ބަދަލުކޮށްފަ.

ތަމަޅަ ފިލްމުތަކުން އާމުންގެ މަޤުބޫލުކަން ހޯދާފައިވާ ދެކުނު އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ރެޚާ މަރުތީރާޖް (މޮނިކާ) އިސްލާމް ދީން ޤަބޫލުކޮށް، އޭނާގެ ނަން އެމްޖީ ރަޙީމާ އަށް ބަދަލުކޮށްފި އެވެ.

އިސްލާމް ވުމަށްފަހު އިއްޔެ އާރްކޭވީ ސްޓޫޑިއޯގައި މީޑިޔާއާ ބައްދަލު ކުރަމުން، ރަޙީމާވަނީ ވަނީ އޭނާ އިސްލާމްދީން ޤަބޫލުކުރިކަން ރަސްމީކޮށް އިޢުލާނުކޮށްފަ އެވެ.

"އަހަރެން އިސްލާމް ދީން ޤަބޫލުކުރީ ބައެއްގެ ލޯބި ހޯދާކަށް ނުވަތަ ފައިސާ ބޭނުމަކަށް ނޫން. އަހަރެންނަކީ އެކަހަލަ މީހެއްނޫން. އަހަރެން އިސްލާމްދީން ޤަބޫލުކުރީ އެދީނުގެ އަސާސްތައް އަހަރެންނަށް ކަމުދާތީ" 26 އަހރުގެ ރަޙީމާ މީޑިޔާއާ ބައްދަލުކުރަމުން ބުންޏެވެ. ރަޙީމާ އިތުރަށް ބުނީ އޭނާ އިސްލާވުމަށްފަހު ދެން އިތުރަށް ފިލްމުނުކުޅޭނެ ކަމަށާއި އެއީ އޭނާގެ އަމިއްލަ އިޙްތިޔާރުގައި ނިންމި ނިންމުމެއް ކަމަށެވެ.

1990 ވަނަ އަހަރު ނުކުތް "އަވަސާރާ ޕޮލިސް 100" އިން ކުޑަކުއްޖެއްގެ ރޯލުން ފިލްމީ ދާއިރާއަށް ތަޢާރަފުވި ރަޙީމާ ވަނީ މިހާތަނަށް 60 އަށްވުރެގިނަ ފިލްމު ކުޅެފައެވެ.

ރަޙީމާގެކުރިން ކޮލީވުޑުގެ އެހެން މަޝްހޫރު ފަންނާނެއް ކަމަށްވާ ޔުވަން ޝަންކަރް ރާޖާ ވެސްވަނީ ދާދިފަހުން އިސްލާމްދީން ޤަބޫލުކޮށްފަ އެވެ. އިސްލާމް ވުމަށްފަހު އޭނާކުރި ޓްވީޓެއްގައި ބުނެފައިވަނީ "މުސްލިމަކަށްވީތީ އެކަމާ ފަޙުރުވެރިވަން" ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ