މުހައްމާކަޕު އިމަގު ވޮލީބޯޅަ މުބާރާތް މާދަމާ ފަށަނީ

17 ނޮވެމްބަރު 2016 0

މުހައްމާ ކަޕްގެ ގުރުނެގުމުގެ ތެރެއިން—ފޮޓޯ: އިމަގު ޖަމިއްޔާ

މުހައްމާކަޕު އިމަގު ވޮލީބޯޅަ މުބާރާތް މާދަމާރޭ ފަށަން ހަމަޖެހިއްޖެއެވެ. 5 ޓީމަކުން ބައިވެރިވެފައިވާ މިމުބާރާތް މިމަހުގެ 27 ހާހަމައަށް ކުރިޔަށް ދާނެއެވެ.

މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ޖޭއޭ މަނަފަރު، ހޯރަފުށީ ޔޫތް ޑިވެލޮޕްމެންޓް ސޮސައިޓީ (ހައިޑްސް)، ވިނަރ ބޯއީ، ކުޅިމަގު އަދި އޭއެސްޕީއެވެ. މިދިޔައަހަރުވެސް މިމުބާރާތުގައި 5 ޓީމެއް ބައިވެރިވިއެވެ. ނަމަވެސް ޖޭއޭ މަނަފަރު ފިޔަވާ އެއިގެން އެއްވެސް ޓީމެއް މިއަހަރުގެ މުބާރާތުގައި ބައިވެރިއެއްނުވެއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ އިރު، ރަނަރއަޕް ޓީމަކަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭންހަމަޖެހިފައިވެއެވެ. މިދިޔަ އަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހޯރަފުށި ކައުންސިލްގެ އިދާރާގެ ޓީމެވެ.

މުހައްމާކަޕް 2016, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ