މެމްބަރު މުހައްމަދު އަބުދުﷲ އެމްޑީޕީއަށް ސޮއި ކޮށްފި

21 ނޮވެމްބަރު 2018 0

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

މުހައްމާ އެމްޑީޕީއަށް ސޮއި ކުރެއްވީ މިރޭ މ. ޔާގޫތުގޭގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މުހައްމާ އެމްޑީޕީ އަށް ސޮއި ކުރެއްވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްގެ ހާޒިރުގައެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި މުހައްމާ ވަނީ ފަހުން ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. ޕީޕީއެމްގައި ހުންނަވައި އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައިގައި ސޮއިކުރެއްވުމުން ޕީޕީއެމުން ވަނީ އޭނާ އެ ޕާޓީން ވަކިކޮށްފަ އެވެ. ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ޕީޕީއެމްގެ ސަރުކާރުން ފާސްކުރި ގާނޫނާ އެކު މުހައްމާގެ ގޮނޑި ގެއްލުނު ކަމަށް އޭރު އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ.

އިތުރު 11 މެމްބަރުންނާ އެކު ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ 14 މަސް ފަހުން، ސުޕްރީމް ކޯޓުން ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ