މުހައްމާކަޕް: މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ މެޗް ކެންސަލް — Ihavandhoo.com

މުހައްމާކަޕް: މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ މެޗް ކެންސަލް

25 ނޮވެމްބަރު 2015 0

މިރޭގެ މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިންނާ، އިހަވަންދޫދާއިރާގެ އިތްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ ސަލާމްކުރައްވަނީ. ފޮޓޯ: އިހަވަންދޫޑޮޓްކޮމް

އިހަވަންދޫ ދާއިރާގެ އިތްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އާއި ގުޅިގެން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ އިން) ބާއްވާ މުހައްމާ ކަޕް  އިމަގު ވޮލީމުބާރާތުގެ  ފުރަތަމަ މެޗު، މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރި އިހަވަންދޫ ސިއްހީމަރުކަޒުގެ ޓީމާއި ހޯރަފުށި ކައުންސިލްގެ މެޗް ކެންސަލް ކޮށްފައިވަނީ މެޗުގެ 3 ވަނަ ސެޓުގެކުޅުން ހިނގަމުން ދަނިކޮށް، އާދަޔާ ހިލާފަށް ވައި ގަދަވެ، ވާރޭ ވެހެން ފެށުމުގެ ސަބަބުންނެވެ. އިމަގުން ބުނީ މިރޭގެ މެޗު މާދަމާ ހަވީރު 4:00 ގައި އޮންނާނެ ކަމަށެވެ.

އިހަވަންދޫ އޯޕަންސްޓޭޖު ކުރިމަތީ ކުރިއަށްދިޔަ މިރޭގެ މެޗު ކެންސަލް ކޮށްފައިވާއިރު، މެޗުގެ ފުރަތަމަ ސެޓު ހޯރަފުށީ ކައުންސިލުން ގެންގޮސްފައިވަނީ 25-16 އިން ނެވެ. ދެވަނަ ސެޓު 27-25 އިން ގެނެސްފައިވަނީ އިހަވަންދޫ ސިއްހީމަރުކަޒުގެ ޓީމެވެ.

މޫސުންގޯސްވުމުގެ ސަބަބުން ކެންސަލް ކުރި މިމެޗު މާދަމާ ކުޅޭނީ، މުޅިން އައު މެޗެއްގެ ގޮތުގައެވެ.

މުހައްމާކަޕް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ