މެމްބަރު މުހައްމާގެ ގޮނޑި ގެއްލުވާލައިފި

29 ނޮވެމްބަރު 2017 0

އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީން އިލެކްޝަން ކޮމިޝަނަށް އަންގައި އެބޭފުޅާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުވާލައިފިއެވެ.

ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ސޮއިކުރައްވާ އިއްޔަ މެމްބަރު މުހައްމަދު އަބްދުﷲއަށް ފޮނުވާފައިވާ ސިޓީގައިވަނީ، މެމްބަރު މުހައްމަދު އަބްދުﷲ ސުލޫކީ މައްސަލައެއް ބެލުމަށްފަހު ޕީޕީއެމުން އެބޭފުޅާ ވަކިކޮށްފައިވާ ކަމުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު މުހައްމަދު އަބްދުﷲ ޕީޕީއެމްއިން ވަކިކޮށް ދިނުމަށް އިއްޔަ އިލެކްޝަން ކޮމިޝަނަށް ޕީޕީއެމްއިން ވަނީ ހުށަހަޅާފައެވެ ނަމަވެސް އިލެކްޝަން ކޮމިޝަން އެބޭފުޅާގެ ގޮނޑިއާއި ގުޅޭގޮތުން އަދި ވަކިގޮތެއް ކަނޑައެއް ނާޅައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށެވެ. އެކަމަކު ކުރިން ހިނގާފައިވާ ކަންކަމަށް އެ ހުކުމުގެ ބާރު ނުފޯރާނެ ކަމަށް ވެސް އެ ކޯޓުގެ ހުކުމުގައިވެ އެވެ. ރަސްމީކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާނީ އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެކަން އެނގުމުންނެވެ.

މެމްބަރު މުހައްމަދު އަބްދުﷲ ސުލޫކީ މައްސަލައެއް ބެލުމަށްފަހު ޕީޕީއެމުން އެބޭފުޅާ ވަކިކޮށްފައިމިވަނީ، ޕީޕީއެމުން ވަކިވުމަށް 3 ޖުލައި 2017 ގައި އެބޭފުޅާ ސިޓީލާފައިވަނިކޮށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން، އެއްވެސް މީހަކު ގަދަކަމުން ޕާޓީގައި ނުހިފެހެއްޓޭނެ އެވެ. އެހެންކަމުން ޕީޕީއެމުން ވަކިވާން މެމްބަރަކު އަމިއްލައަށް ސިޓީ ހުށަހަޅުއްވާ ހިސާބުން ޕާޓީން ވަކިވާނެ އެވެ.

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ