މުއްދަތު ތެރޭގައި ރިޕޯރޓު ހުށައެޅީ 10 އަތޮޅު ކައުންސިލާއި 2 ސިޓީ ކައުންސިލުން

18 އޮކްޓޫބަރު 2017 0

 


ކައުންސިލަރުން މަގާމަށް އަހުލުވެރި ކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެލް.ޖީ.އޭ

ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލު، ކަނޑައެޅިފައިވާ މުއްދަތުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އަށް  ހުށައަޅާފައި ވަނީ 10 ސިޓީ ކައުންސިލާއި 2 ސިޓީ ކައުންސިލުން ކަމަށް އެލްޖީ އޭ އިން ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލް ތަކުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލް ތާވަލު ހުށައަޅާފައި ވާއިރު، މަސައކަތު ތާވަލް ހުށައެޅި އަތޮޅު ކައުންސިލް ތަކުގެ ތެރޭގައި ހއ. އަތޮޅު ކައުންސިލް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 109 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް ސިޓީ އަދި އަތޮޅު ކައުންސުލްގެ ތަރައްގީގެ ޕުލޭނަށް ބިނާކޮށް، ކުރިޔަށްއޮތް އަހަތުގެ މަސައްކަތު ތާވަލު ސިޓީ ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމަކީ އެކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

އެކައުންސިލްތަކުން ގާނޫނީ ޒިންމާ އަދާކޮށްފައިވާތީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ އެ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މަރުހަބާ ދަންނަވާފައެވެ.

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ