މުއްސަނދި ވިޔަފާރިވެރިޔާ…! – އަދި އޭނާގެ މަންމަނު އެކައުންޓެންޓް - — Ihavandhoo.com

މުއްސަނދި ވިޔަފާރިވެރިޔާ…! – އަދި އޭނާގެ މަންމަނު އެކައުންޓެންޓް -

30 އޮކްޓޫބަރު 2013 6

ވަރަށްބޮޑު މުއްސަނދި ވިޔަފާރިވެރިއަކެވެ. ވިޔަފާރިވެރިޔާއަށް ދިމާވެފައިވަނީ ވަރަށް ބޮޑު މައްސަލައަކާއެވެ. އެއީ، އޭނާގެ އެކައުންޓުތައް ބަލަހައްޓަން ހަވާލުކުރާ އެކައުންޓެއްޓުން މިވިޔަފާރިވެރި މަހުޖަނު މީހާއަށް ހިޔާނަތްތެރިވަނީއެވެ. މިހާތަނަށް ހަތަރު މީހުންނަށް ވަޒީފާ ދެވުނީތީވެސް ޖެހުނީ ހަމަ އެއްތާކުއެވެ. އެހެންކަމުން މުއްސަނދި މަހުޖަނު މިލިޔަނަރު ވަރަށް ފުންކޮށް މިކަމާދޭތެރޭ ވިސްނަމުން ދިޔައެވެ.

މުއްސަނދި މީހާއަށް ވަރަށްމޮޅު ވިސްނުމެއް ބުއްދިއަށް އަތުވެއްޖެއެވެ. އެގޮތުން މިފަހަރު މިމުއްސަނދި މަހުޖަނު މީހާ އޭނާގެ އެކައުންޓެއްޓެއްގެ މަޤާމައް ހަމަޖެއްސީ އަޑުނީވޭ ބީރު، ވާހަކަނުދެއްކޭ މަންމަނު މީހެކެވެ. ނުކުޅެދޭ މީހެއްކަމަކު ކިޔަވައިގެން ހުރި މީހެކެވެ. އެހެންކަމުން ލިޔެކިޔުމުން މުޢާމަލާތުކުރުމަށް އެއްވެސްފަދަ ދަތިކަމަކާ ކުރިމައްޗެއްނުވެއެވެ. ވަރަށް ފުރިހަމައަށް އެކައުންޓުތައް ބަލަހައްޓައެވެ. ލިޔެކިޔުންތައް އެހާމެ ފުރިހަމައެވެ.

ނަމަވެސް، ދުވަސްކޮޅެއްފަހުން މައްސަލަތަކެއް ކުރިމަތިވާން ފަށައިފިއެވެ. މުއްސަނދި މަހުޖަނުމީހާގެ އެކައުންޓުތަކުން ފައިސާ މަދުވާން ފަށައިފިއެވެ. ހިސާބުތަކާއި، ބެންކުގެ ހިސާބުތަކާ ދިމަލެއްނުވެއެވެ. އެކައުންޓެންޓް މީހާ ބެންކަން ޖަމާކުރިކަމަށް ބުނާ އަދަދަކަށް ބޭންކުން ޖަމާކުރާ ސުލިޕްތަކަކުން ނުދައްކައެވެ. މިގޮތަށްގޮސް 2 މިލިޔަނެއްހާ ރުފިޔާގެ ތަފާތެއް އަތުވެއްޖެއެވެ.

މިމައްސަލަބޮޑުވެ، މަންމަނު މީހާ، މަހުޖަނުގެ ކައިރިއަށް ގެނެސްފިއެވެ. އަދި ހަމައެހެންމެ މަންމަނުބަހުރުވަ ދަންނަ މީހަކުވެސް ގެނެސްފިއެވެ. މުއްސަނދި މީހާ ވަރަށް ހަރުކަށި އިބާރާތުން ސުވާލުކުރިއެވެ. “ކަލޭ އެހުރިހާ ފައިސާތައް ލީ ކޮންތާކަށް ހެއްޔެވެ؟”

މަންމަނު ބަހުރުވަ ދަންނަމީހާ އަތު އިޝާރާތުން މަންމަނު މީހާއާ ވާހަކަ ދެއްކިއެވެ. މަންމަނު މީހާ ބުންޏެވެ. “ތިޔަ ދައްކަނީ ކޮންވާހަކައެއް ހެއްޔެވެ..؟ އަހަރެން ރުފިޔާ އަޅާނީ ތިބާގެ އެކައުންޓަށެއް ނޫން ހެއްޔެވެ..؟” މަންމަނު ބަހުރުވަ ދަންނަ މީހާ ބުންޏެވެ. ” އެކައުންޓެންޓު ބުނީ ތިޔަދައްކާ ފައިސާތަކެއްގެ ވާހަކައެއް އޭނާއަށް ނޭގޭކަމަށެވެ. އޭނާ އަޅާ ފައިސާއެއްވެއްޖޭއާ އަޅަނީ ތިބާގެ އެކައުންޓަށެވެ.”

މުއްސަނދި މަހުޖަނު މީހާ އޭނާގެ ފިސްތޯލަ ނަގާ އެކައުންޓެންޓުގެ ބޮލުގައި ޖައްސާފައި ސުވާލުކުރިއެވެ. ” ކަލޭ ރަނގަޅަށް ބުނާށެވެ. ނޫނީ އަހަރެން ކަލޭ މަރާލާނަމެވެ.” މަންމަނު ބަހުރުވަ ދަންނަމީހާ އިޝާރާތުން މަންމަނު މީހާއާ ވާހަކަ ދެއްކިއެވެ. ” އެފައިސާތައް ލީތަނެއް ހަމަ މިހާރު ބުނާށެވެ. ނޫނީ ކަލޭ މަރާލާނަމެވެ.”

މަންމަނު މީހާ ވަރަށް ބިރުން ހުރެ އިޝާރާތުން ބުންޏެވެ. “އަހަރެން އެފައިސާތައް ފޮރޮވީ އަހަރެންގެ ގޭގެ ފުރަގަހުން އޮންނަ ބަގީޗާގައި ވަޅުގަނޑެއް ކޮނެފައެވެ.” މަންމަނު ބަހުރުވަ ދަންނަމީހާ ފައިސާތަކާ ދޭތެރޭ ވިސްނާލިއެވެ. އަދި ފައިސާތަކަށް ދަހިވިއެވެ. އަދި މިލިޔަނަރާ ދިމާއަށް ބުންޏެވެ. ” މަންމަނު ކަލޭގެ އެބުނީ ވަރަށް ހުތުރު ބަހުރުވައިންނެވެ. ކަލޭ ނިކަން ކެރެންޏާ އަހަރެންގެ ބޮލަށް ބަޑި ޖަހާ ބަލާށެވެ. ކަލޭއަކަށް ނުކެރޭނެއެވެ. ތިއީ އެއްވެސް ވަރަކަށް ގަޓު ހުންނަ މީހެއް ނޫނެވެ.”

މުއްސަނދި މީހާ ނުހަނު ރުޅިއައެވެ. އިރުކޮޅެއްނުވެ ބަޑީގެ އަޑު އިވުނެވެ. އަދި އެކައުންޓެންޓް އޮތީ މަރުވެގެން ވެއްޓިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިމްރާންގެ މަސައްކަތަށް ޝުކުރުދަންނަވަން.. ވަރަށް އިބުރަތްތެރި ވާހަކައެއް...އަސަދުﷲ

– 16 ފެބުރުއަރީ 2014 1

ކިތަންމެ ރުޅި އަޔަސް ކަންކަމުގެ ދެކޮޅުބަލައި ފިޔަވަޅުނާޅާށެވެ.

– 19 ފެބުރުއަރީ 2014 2

ތީތި ކަޑަ ... އަސަދުﷲ

– 19 މާރިޗު 2014 6

ހައްހައްހާ ވަރަށް ކަޑަ ޖޯކެއް

– 12 ޖުލައި 2014 7

ހައްހައްހާ․․ މީ ޖޯކެއްނޫނޯ․․․․ ސަމާސާ އަދަބެކޯ․․

– 17 ފެބުރުއަރީ 2015 2

މިއީކީ ސަމާސާ އަދަބެއް ނޫން․ ސަމާސާ އަދަބއެއްގައި ހުންނަންޖެހޭ ސިފައެއް މިއަކު ނެތް

– 23 ފެބުރުއަރީ 2018 0