ނަބީކަމުގެ ދަލީލު / ދަލާއިލުއް ދައުޙީދި - 7


2012 ވަނަ އަހަރު "ރަސޫލާގެ ޙައްޤުގައި" މި ނަމުގައި ބޭއްވި ހިނގާލުމުގެ ތެރެއިން / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

 

13- މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އަކީ ނަބީއެއްކަމުގެ ދަލީލަކީ ކޮބާ؟

ޖަވާބު: އެކަލޭގެފާނަކީ ނަބިއްޔެއްކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ”  الأحزاب: ٤٠  މާނަ: “މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަކީ ތިޔަބައިމީހުން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ބައްޕަކަމުގައިވެސް ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި މާތް ކަލޭގެފާނެވެ.”

 މިއާޔަތްތަކުން ދަލީލުކޮށްދެނީ ހަމަކަށަވަރުން އެކަލޭގެފާނަކީ ނަބީއެއްކަމަށާއި އަދި އެއީ އެންމެފަހުގެ ނަބިއްޔާކަމަށެވެ. ފަހެ އެކަލޭގެފާނަށްފަހު އައު ނަބިއްޔަކު ފޮނުއްވުމެއް ނުވެއެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއް ތައުޙީދި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ