ރައީސް ނަޝީދު ހައި ކޮމިޝަނުގައި ދިރިއުޅުއްވުމުގެ ބޭނުމެއް ނެތް — Ihavandhoo.com

ރައީސް ނަޝީދު ހައި ކޮމިޝަނުގައި ދިރިއުޅުއްވުމުގެ ބޭނުމެއް ނެތް

ދިވެހިރާއްޖެއަށް މިހާރު ދިމާވެގެން މިއުޅެނީ މުޅިން އާ ކަމެކެވެ. މުޅީން އާ ސިޔާސީ ކަމެކެވެ. މީހެއްގެ ޚިލާޔަށް ވިސްނުމަށްވެސް ގެނެވިފައިނުވާ ކަމެވެ ރައީސްކަން ކުރެއްވި ބޭފުޅަކު އަމިއްލަ ސަލާމަތަށް ކަމަށް ވިދާޅުވެ ހައި ކޮމިޝަނެއްގައި މިހާތަނަށް ދިރިއުޅުއްވަން ފައްޓަވާފައެއް ނެތެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑީޔާގެ ހައިކޮމިޝަންގައި ދިރިއުޅުއްވާތާ މިހާރު ހަފުތާއެއް ވަނީ އެވެ. ކަމުގެ ބޮޑުކަމުން މުޅި ދުނިޔޭގެ ނަޒަރުވަނީ ރާއްޖޭއާ ދިމާއަށް ހުއްޓިފަ އެވެ.

ރައީސް ނަޝީދު އިންޑިޔާ އެމްސީއަށް ވަޑައިގެން އެތަނުގެ ހިމާޔަތް ހޯއްދެވީ ހުޅުމާލެ ކޯޓުން އެމަނިކުފާނާ ދެކޮޅަށް ކުރައްވާ ޝަރިޢަތަށް އެމަނިކުފާނުން ވަޑައިނުގަތުމުން، ބަންދުގައި ބަހައްޓައިގެން ޝަރީޢަތަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ނެރުމުންނެވެ. އެމަނިކުފާނުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި އަދި މުޅި އިންޑިޔާ ކަނޑުގެ ހަމަޖެހުމަށް ކަމަށް ވިދާޅު ވެއެވެ. އެހެންވެ، އިންޑިޔާ ސަރުކާރުގެ ހިމާޔަތްދެއްވީ އެވެ.

ކޮންމެގޮތެއް ވިޔަސް، ފެންނަ މަންޒަރާއި އިވޭއަޑުތަކަށް ވިސްނާލުމުން އިންޑިޔާ އާއި ރާއްޖޭގެ ޚާރިޖީގުޅުން ދަނީ ނުތަނަވަސް ވަމުންނެވެ. އިންޑިޔާއިން ދިވެހިންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒުގެ ނަޒަރަކުން ބާރު ފޯރުވަމުން ދާކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތަކުން މޭރުން ކުރެވެ އެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކޭގޮތުގައި، މިސަރުކާރުން ނަޝީދުގެ މައްޗަށް މިނިވަން މުސްތަގިއްލު ޕްރޮސެކިއުޓަރ ކުރައްވާ ދައުވާއަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ އެވެ. މިސަރުކާރަކީ ސީމެގުން ރާއްޖޭނެގި ސަރުކާރެވެ. ޖީއެމްއާރު އެގްރިމެންޓް އުވާލި ސަރުކާރެވެ. މިސަރުކާރަކީ ރާއްޖޭގެ ޑިމޮކްރަސީ ވެއްޓިފައިވަނިކޮށް ނެގެހެއްޓި ސަރުކާރެވެ.

އެހެންކަމުން، ރިޔާސީ އިންތިޙާބުގެ ކުރިން ރައީސް ނަޝީދުގެ ޝަރިއަތް ނިންމައި ހުކުމް އިއްވާނެ އެވެ. އިންޑިޔާއިން "އިންކުލޫސިވް" ނަޝީދުއަށް ބައިވެރިވެވޭ އިންތިޙާބެއް ބޭއްވުމަށް ކިތަންމެ، ޕްރެޝަރެއްކުރިއަސް ވެސް މެއެވެ.

ރައީސް ނަޝީދު އިންޑިޔާ ހައިކޮމިޝަންގައި ދިރިއުޅުއްވާނެ ކަމެއް ނެތެވެ.

ސޮންދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ