މައި ކަޕް 2015: ނިކަ ޗެއިން އަދި ސެން ސިޓީ ފޭންސް ކުއާޓަރއަށް — Ihavandhoo.com

މައި ކަޕް 2015: ނިކަ ޗެއިން އަދި ސެން ސިޓީ ފޭންސް ކުއާޓަރއަށް

19 ޑިސެމްބަރު 2015 0

އަރާދުވާ ޓީމުގެ ދެކުޅުންތެރިން ކުޅުން ފެށުމަށްޓަކައި ބޯޅަ ކައިރީ މަޑުކޮށްލައިގެން... ފޮޓޯ: އަދުހަމަ

މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް 2 ން އެއްވަނަ ޓީމުގެ ގޮތުގައި އަރާދުވާ ކުއާޓަރއަށް ދަތުރުކުރިއިރު ގްރޫޕް 3 ން ނިކަޗެއިން އަދި ސެން ސިޓީ ފޭންސް ކުއާޓަރއިން ޖާގައެއް ހޯދައިފިއެވެ.

ގްރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގައި އަރާދުވާ ކުއާޓަރއަށް ދިޔައީ އިއްޔެ ހަވީރު 7-0 ން ކޮފަލި ބަލިކުރުމަށްފަހުއެވެ. އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަރާދުވާގެ މުޙައްމަދު ނަދީމް 7، އެޓީމަށް 5 ގޯލް ޖަހައިދިންއިރު އެޓީމުގެ އަނެއް 2 ގޯލް ޖަހައިދިނީ މައުރޫފް ޙުސައިން 11، އެވެ.

ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު ގްރޫޕް 1 ގެ އެއްވަނަ ޓީމް އައި.ކުލަބު ނިކުންނާނީ ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ (ހޭސް) އާ ދެކޮޅަށެވެ. އަދި އެރޭ ކުޅޭ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލްކުރާނީ ކުޅުނު ހުރިހައި މެޗަކުން މޮޅުވެ ގްރޫޕް 2 ގެ އެއްވަނަ ޓީމްގެ ގޮތުގައި ކުއާޓަރއިން ޖާގަ ހޯދި އަރާދުވާ އަދި ގްރޫޕް 1 ގެ ދެވަނަ ޓީމް މާރަންދޫ ޔޫތު ކޯޕަރޭޝަނެވެ.

ގްރޫޕް 3 ގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ކުއާޓަރ ފައިނަލުން ޖާގަހޯދީ ރޭގެ ފަހުމެޗުގައި ބައްދަލްކުރި ނިކަ ޗެއިން އަދި ސެން ސިޓީ ފޭންސް އެވެ. ރޭގެ ފުރަތަމަ މެޗުން ކުޅިމަގު ޓީމު އެފްސީ ބޮޑުމަގުގެ މައްޗަށް 2-1 ން ކުރި ހޯދުމުން އެގްރޫޕްގައި ހިމެނޭ ނިކަ ޗެއިން ފިޔަވައި އަނެއް ތިންޓީމަށް އޮތީ 3 ޕޮއިންޓް ލިބި ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. ނިކަ ޗެއިން އަދި ސެން ސިޓީ ފޭންސް ބައްދަލްކުރި މެޗު 1-1 ން އެއްވަރުވެ ނިމުމުން 7 ޕޮއިންޓާއެކު އެގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނިކަ ޗެއިން ކުއާޓަރއަށް ދިޔައިރު، 4 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާރއިން ޖާގަ ހޯދީ ސެން ސިޓީ ފޭންސް އެވެ.

ނިކަ ޗެއިން އަދި ސެންސިޓީ ފޭންސް ކުއާޓަރގައި ބައްދަލްކުރަންޖެހޭ ޓީމެއް އިނގޭނީ މިއަދާއި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް 4 ގެ މެޗުތައް ނިމުނީމައެވެ.

މިއަދު ހަވީރު މާރަންދޫ ޔޫތު ސޮސައިޓީ ނިކުންނާނީ ކުޅުނު ދެމެޗުން ބަލިވެ މުބާރާތުން ކަޓައިފައޮތް ޖަންގަލް ޑާކުޕޮއިންޓާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި ޔުނައިޓެޑް ޔޫތު ސެން ސިޓީއާ ދެކޮޅަށް ނިކުންނައިރު މިމެޗަކީ ގްރޫޕް ސްޓޭޖްގައި ކުޅެވޭ އެންމެ ފޯރިގަދަ މެޗަށްވުމުގެ ފުރުޞަތުއެބައޮތެވެ. އެއީ މިއަދު ހަވީރުގެ މެޗުން މާރަންދޫ ޔޫތު ސޮސައިޓީ ބަލިނުވެއްޖެނަމަ އެޓީމަށް ކުއާޓަރގެ ޖާގައެއް ކަށަވަރުވާއިރު އެގްރޫޕް ކުއާޓަރގެ ޖާގަލިބޭ ދެވަނަ ޓީމެއް ކަނޑައަޅާނީ މިރޭ ކުޅޭ މެޗުގެ ނަތީޖާއެވެ.

 
ގްރޫޕް 4 ގެ ޕޮއިންޓް ޓޭބަލް.

މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ