ނޮކިޔާގެ އަގުހެޔޮ ފޯނު މޮޑެލްތަކާ ވާދައަށް ސަމްސަންގްއިން ނުކުންނަނީ

9 މާރިޗު 2013 0

ސްމާޓްފޯން މާކެޓްގައި ރަސްކަންކުރަމުން އައި ނޮކިޔާ ވައްޓާލުމަށްފަހު ސަމްސަންގް އިން މާކެޓްގެ ޝަރަފްވެރި މަޤާމް އަތުލާފައިވާއިރު، ކުރިއަރަމުންނަ އަންނަ ޤައުމުތަކާއި ބަޖެޓް ފޯނުތަށް ހިޔާރުކުރާ މެދު ފަންތީގެ އާމްދަނީ އެއް ލިބޭ ފަރާތްތަކުގެ ބޮޑު ތާޢީދެއް އަދިވެސް އޮތީ ނޮކިޔާގެ ލޯއިންޑް ޑިވައިސްތަކަށެވެ.  ސަމްސަންގް އިން ވަނީ ފީޗަރ ފޯނުގެ ރޭހުންވެސް ނޮކިޔާ ފައްސާލުމަށްޓަކައި، ރެކްސްގެ ނަންދީފައިވާ ބަޖެޓް ފޯނުތަކެއް ތަޢާރަފްކޮންފަ އެވެ. ރެކްސް ފޯންތައް ހިންގާނީ ޖަވާ ބޭސްޑް އޮފަރޭޓިން ސިސްޓަމެއްގައި ސަމްސަންގް އެންޑޮރޮއިންޑް ފޯނުތަކުގައިވެސް ބޭނުންކުރާ ޓަޗްވިޒް ޔޫސަރ އިންޓަރފޭސްގަ އެވެ. ކުރިއަރަމުން އަންނަ މާކެޓްތަކުގެ ރަހައަށް ހެޔޮވަރުވާނެ ތަފާތު ފީޗަރތައް ފަދަ ދެ ސިމް ބޭނުންކުރުމާއި އޮފެރާ މިނީފަދަ ހަރަދު ކުޑަ ބްރާޒާރފަދަ ފީޗަރތައް ރެކްސްގައި ވަނީ ހިމަނާފަ އެވެ.

ސަމްސަންގް އިން ފީޗަރ ފޯނުގެ ރޭހުގައި ނޮކިޔާ ވައްޓާލުމަށްފަހު ކުރިއަރާގެން ދިއުން ވާނީ ސަމްސަންގް އަށް އޮތް ބޮޑު ގޮންޖެހުމަކަށެވެ. އެއީ، މާކެޓްގެ ތާޖު ގެއްލިފައިވި ނަމަވެސް އަދިވެސް ނޮކިޔާއަކީ އެންމެ ގިނަ ފޯނު އުފައްދާ އެއްކުންފުންޏެވެ. ނޮކިޔާގެ އާޝާ މޮޑެލްގެ ފޯނުތަކަކީ ކުރިއަރަމުން މާކެޓްތަކުގައި އެންމެ ނުފޫޒްގަދަ ފޯނުތަކެވެ. ބަޖެޓްފޯނުތަކުގައި ކަސްޓަމަރުން ހިތްއެދޭފަދަ ފީޗަރއާއެކު އޮމާންކަމާއެކު ހިންގޭނެ ހައިޞިއްޔަތު ނޮކިޔާގެ ފޯނުތަކަށް ލިބިފައިވާއިރު ނޮކިޔާއަކީ މިފަދަ ތަޖުރިބާ ބޮޑު ރޭވުންތެރި ކުންފުންޏެކެވެ. ފީޗަރ ފޯނު މާކެޓް ނޮކިޔާއަތުން އަތުލުމަށް ސަމްސަންގް އިން ފަށާފައިވާ ދަތުރު ކަނޑަތުކުރެވޭނީ ކިހާވަރަކަށްތޯ މިއީ މާކެޓް ދިރާސާކުރާ ފަރާތްތަކުގެ ހިތުގައި މިހާރު އުފެދިފައިވާ ސުވާލެވެ. ކާމިޔާބު ހޯދުމަށް ސަމްސަންގް އަށް އޮތީ އުނދަގޫ ދަތުރެއްކަމަށް އެމީހުން ބުނެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ