ނޮޅިވަރަންފަރު ގިމަން (3) — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ނޮޅިވަރަންފަރު ގިމަން (3)

7 މާރިޗް ދުވަހުގެ ލިޔުމާއި ގުޅޭ

ތައާރަފްގެ ބައްދަލުވުމުން މިންޖުވީއިރު، ސިކުންތުކަށި ގަޑިން ނިދުމުގެ ވަގުތަށް ތަން ހުސްކުރަމުން ގެންދެއެވެ. އިތުރަށް މަޑުކޮށްލުމެއްނެތި އަހަރެންވެސް އާތިފްއާއެކު ދިޔައީ ސީދާ ގެއަށެވެ. ރޭނގަޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު، އިރުކޮޅެއްވަންދެން ގޭގެ އަހުލުވެރިންނާ ވާހަކަ ދައްކައިލަން އިނީމެވެ. ބޮލަށާއި ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމާއި ވަރުބަލިކަން ފިލުވާލުމަށްޓަކައި އެނދުގެ މަގަތުގައި އިށީދެވެސް ނުލާ، ނިދޭތޯ އޮށޯވެލުނުއިރު ގަޑިން 10:30 ވެގެން ދަނީއެވެ. ނިދޭތޯ މުޅިން އައު ތަންމައްޗެއްގައި ފުރޮޅޭނެ ގިނަ ވަގުތުތަކެއް ނުލިބި އުޅެނިކޮށް ނިދި އަހަރެންގެ މައްޗަށް ގަދަވެ، އިރުކޮޅެއްގެ ތެރޭގައި އަހަރެންނަށް ހަމަރަނގަޅަށް ނިދިއްޖެއެވެ.

   ގަޑިން 4:30 ވާނެ އިތުރު ފުރުޞަތެއް ނުދީ، ނިދީގެ މައްޗަށް ފަސްއަޅައި ފޮރުވައިލުމަށްފަހު، ފަތިސްނަމާދަށް ދިޔައީމެވެ. ގެއިން ނާސްތާރޮށީގެ ކުރިން ކުޑަގޮތަކަށް ނާސްތާއެއް ކޮށްލައިގެން ރަށުތެރެއަށް ނުކުމެލީ އެހެން ރަހުމަތްތެރިކުދިންތަކާ އެކުއެވެ. ފަތުޙުﷲ ސަރޔަށް ކަން ހިނގާ ނުހިގާ ގޮތް އަންގަން ޖެހޭތީވެ ބައިސްކަލު ދުއްވަން ނުކުތީވެސް އެކަމަށް އިޝާރާތްކޮށްފައެވެ. ރަށުކުދިންގެ އިތުރުން ނޮޅިވަރަންފަރުގެ ރަޙްމަތްތެރިންތައްވެސް އަހަރެމެންނާއެކު ވަގުތު ހޭދަކުރަން ބޭނުންވުމުން އެކުދިންނާއެކު ބައިސްކަލުތަކުގައި ރަށުގެ އެތަންމިތަން ބަލައިލީމެވެ. އެކި ތަންތަނާ ބެހޭގޮތުން އެކުދިން އަހަރެމެންނަށް މައުޟޫމާތު ދެމުން ގެންދިޔައެވެ.

   ދެވޭ ކޮންމެ ސައިޓަކުންވެސް ސާފުކަން ފެނިގެން ދެއެވެ. މަގުތައްވަނީ ކުނިކަހާ ޗާލުކޮށްފައެވެ. ހެނދުނުގެ ވަގުތުގައި އެ މަސައްކަތުގައި އުޅޭ އަންހެންވެރިންނާއި މުސްކުޅިފުރާގެ އަންހެނުންވެސް އިލޮށިފަތި ހިފައިގެން އެކަމުގައި ފަރުވާވެ އުޅުނެވެ. ފިހާރަތައް މަދުވެ ކުދިކަމުގައި ވީނަމަވެސް ފިހާރަތަކުން ލިބެން ހުންނަ ތަކެތީގެ ޢަދަދު ގިނަ ވެފައި މޮޅެވެ. އެލިޔާ ސައިޓްގައި ނަރުދަމާ އަޅައިފައިވުމުން އެކަމުގެ ފަސޭހައިގެ ވާހަކަ ކޮންމެވެސް ވަރަކަށް ޢާއްމުންގެ ފަރާތުން އިވެމުން ދިޔައެވެ.

   ގިނަތަންނަށް ދެވޭނެ ހިތްވަރާއި، ބުންވަރު ހުއްޓެއްކަމަކު، ވަގުތު ވީ އަގުބޮޑު މަދު އެއްޗެއްކަމުގައެވެ. 8:30 ގައި އޮތް، ސަޤާފީ ކަންކަމާއި ރަށުގެ އާދަކާދަތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށްޓަކައި ބަލަން ހުރި، އެކަމަކު ނުބެލިހުރި ތަންތަން އެހެން ފަހަރަކަށް ހަދައިފައި، ސުކޫލާ ދިމާއަށް މިސްރާބު ޖެހީމެވެ. މައުލޫމާތު ދެއްވުމަށްޓަކައި ގެނެސްފައިހުރީ، ނޮޅިވަރަންފަރުގެ ކުރީގެ ކުޑަކަތީބު، އަޙްމަދު އަބްދުﷲއެވެ. އަޙްމަދު ފުރަތަމަ ދެއްވީ ނޮޅިވަރަންފަރު ސުކޫލާ ބެހޭ ވާހަކަތަކާއި އެ ސުކޫލުގެ އެންމެ ކުރީގެ މާޒީގެ ވާހަކަތަކެވެ. ސުކޫލް ވުޖޫދުވެގެން އައި އިރު ސުކޫލުގެ މަޤާމާއި، އެސުކޫލަށް ލިބިފައިވާ ޤަދަރުގެ ވާހަކަތަކުގެ މައްޗަށްވެސް އަލި އަޅުއްވާލިއެވެ.

   ދެން މަޑުކޮށްލީ ސުކޫލު ކައިރީގައި ހުރި މޫސާ އެދުރުތަކުރުފާނުގެ ކުރީގެ ގެކޮޅު ހުރި ފޫޓުގައެވެ. އެދުރުތަކުރުފާނަށް ވާރުދެއްވުމުން، ވާރުކުރެއްވީ އޭނާގެ ގޭގައެވެ. 6 މެއި 1992 ގައި ކުޅުދުއްފުއްޓަށް ހދ. އަތޮޅުއޮފީސް ބަދަލުކުރަންދެން ހދ. އަތޮޅުގެ ހުރީ ނޮޅިވަރަންފަރުގައި އެދުރުތަކުރުފާނުގެ ގެ ހުރި ތާންގައެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެނަށް ފެންނަން ހުރީ އެ ގެކޮޅުގެ ބަދަލުގައި ރަށްވެހި ގެއެއް އެތަނުގައި ހުއްޓައެވެ. ހަމަ އެޔާއެކު އެދުރުތަކުރުފާނު އުޅުއްވި ކަމުގެ ހެކިތަކާއި ނިޝާންތައްވެސް އަދި އަދަށް އަންނަންދެއް އެތަނުން ފެންނާން ހުއްޓެވެ. އެތަނުގައި ހުރި އެދުރުތަކުރުފާނުގެ ގެކޮޅު މުސްކުޅިވެ ވީރާނާވެ ހަލާކުވެގެން ދާން ފެށުމުން، އެތަން ތަޅައިލުމަށްފަހު ރައްޔިތުންނަށް ފައިދާވާނޭ ގޮތަށް ކަންތައް ކުރެއްވީ ކަމަށް މައުލޫމާތު ލިބުނެވެ.

   އެދުރުތަކުރުފާނުގެ ގެއިން ފައިނައްޓާލެވުނު އިރު ކައިރިން ފެންނަން ހުރި ބޮޑު ގަހަކާމެދު ސުވާލުކުރެވުމުން، އެއީ އެރަށުގައި ހުރި އެންމެ ދުވަސްވީ ގަސްކަން އެނގުނެވެ. އެއީ ލާމިގަހެކެވެ. އަދި އެރަށުގައި އުޅޭ އެންމެންނަށް ވީ އަހަރެއް އެގަހަށް ވާނެކަމަށްވެއެވެ. މަގުތަކުގައި ހިނގަމުން ދިޔައިރު ފެންނަމުންދާ މުހިއްމު ތަންތަނުގެ މައުލޫމާތުތަކުގެ އިތުރުން ރަށާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް އަޙްމަދު ދެއްވިއެވެ. ސުވާލުކުރުމުގެ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން އިހަވަންދޫ ކުދިން ކުރެއްވި ކޮންމެ ސުވާލަކަށް އެންމެ ފުރިހަމައަށް ޖަވާބު ދެއްވުމުގައި ދެމިހުއްޓެވެ.

   މުހިއްމު ތާރީޚީ ތަންތަނުގައި މަޑުކޮށްލުމަށްފަހު މައުލޫމާތު ހޯދަމުން ގޮސް ދެން އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ ވީ އެރަށުގައި މިހާރު ހުރި ކުރީގެ ހުކުރު މިސްކިތެވެ. ގެގަނޑު ގެ އާރޯކަން ވަނީ ގޮސްފައެވެ. ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނަވެ، ފުރާޅުގެ ތަންތަނުން ފޫގޮސް، ވެއްޓި ވަރަށް ބޮޑަށް ވަނީ ބައު ވެފައެވެ. ސިޑިއާއި ފާރުތަކުގައި ފެހިޖަހާ އެތަންތަން ވަނީ ހަލާކުވެފައެވެ. މިންބަރު އަދިވެސް ފެންނާން އެބަ ހުއްޓެވެ. އެމިސްކިތް ހުރީ އިހުޒަމާނުގައި ބުޑިސްޓުދީނުގެ ބިނާއެއް ހުރި ތަނެއްގައި ކަމަށް ފޮތްތަކުގައި ލިޔެވިފައި އެބަހުއްޓެވެ. އެއްއިރެއްގައި އެމިސްކިތް ކައިރީގައި ހުދު ދިދަ ޖަހައި އެ މިސްކިތައް ހުރުމަތްތެރިކޮށް ހިތައިގެން އުޅުނުކަމަށްވެސް މައުލޫމާތު ލިބުނެވެ.

   ހުކުރުމިސްކިތާ ދިހަވަރަކަށް ފޫޓު ދުރުގައި ޤިބްލައަށްވީ ފަރާތުގެ އުތުރުކަނުގައި މޫސާ އެދެރުތަކުރުފާނުގެ މަހާނާ ފެންނާން ހުއްޓެވެ. ބުނެވޭ ގޮތުގައި މި ބޭކަލަކީ އުތީމު ކަޅުއަލީ ޚަތީބުތަކުރުފާނާ އެއްބަފާ ބޭކަލެކެވެ. އެދުރުތަކުރުފާނަކީ، އުތީމު އަލްޣާޒީ މުޙައްމަދު ތަކުރުފާނަށް ލަފައާއި މަޝްވަރާދެއްވި އެދުރުބޭކަލެއްކަމަށް ކުރީގެ ފަތްފުށްތަކުން ފެނެއެވެ. މި ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައި މީހުން ވަޅުލެވެން ފެށި އަހަރެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ޤަބުރުސްތާނުގައި ސައްޔިދު މުޙައްމަދު އަލްމަޣްރިބީއާއި ސައްޔިދު މުޙައްމަދު ޢަލީ އަލްމަޝްރިޤީއާއި ދެބޭކަލުންގެ ޒިޔާރަތްވެއެވެ. އަދި އެހެންމެ ރާއްޖޭގައި ރާވެރިކަން ތަރައްޤީކޮށް އެ މަސައްކަތް މީހުންނަށް ދަސްކޮށްދޭން ރާއްޖޭން ބޭރުން ގެނެވުނު ތިން އެދުރުބޭކަލުންވެސް ވަޅުލެވިފައިވަނީ ހދ.ނޮޅިވަރަންފަރުގައެވެ.

   މިތަންތަނާ ބެހޭ މައުލޫމާތުތައް ފުރިހަމައަށް ރައްކާކުރެވިފައެއް ނުވެއެވެ. އެތަންތަންވަނީ އާރާސްތުކުރަން ބޭނުން ވެފައެވެ. އެހެންނަމަވެސް އެތަން ހިމާޔަތް ނުކުރެވި، މަރާމާތުނުކޮށް ހުރުމުގެ ސަބަބުން އެތައް ބައެއްގެ ނުފޫޒު އެތަންތަނަށް ވަނީ ފޯރައިފައެވެ. އެތަންތަން ހިމާޔަތް ކުރުމުގެ ބަދަލުގައި، އެތަންތަނަށް ވަނީ އިހާނެތިކޮށް ހިތާފައެވެ. ރާއްޖެއާއި ނޮޅިވަރަންފަރު ތާރީޚުގެ ބޮޑު ބައެއް ގެއްލިގެން ނެތިގެން ދަނީއެވެ. ފޮތްތަކުގައި އެތަނުގެ ވާހަކަތައް ލިޔެވިފައިވީނަމަވެސް އިތުރަށް އެތަންތަން ބަލައިލުމުގެ ފުރުޞަތެއް ދެން އަންނަން އޮތް ޖީލުތަކަށް ނުލިބޭނެކަން އެއީ އެތަން ދެކޭނެ މީހަކު އެއްބަސް ނުވެ ނުދާނެކަމެކެވެ.

   ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށްޓަކައި އެރަށުގައި މިހާރު ހުރި އެންމެ ބޮޑު ނިކަގަސްކަމުގައިވާ "ޗައިނާ ބޮޑު ނިކަގަސް" ދޮށުގެ ހިޔަލުގައި މަޑުކޮށްލީމެވެ. ފެންނަ ފެނުމަށް "ޗައިނާސައިޓް" އެޅިގެން ދިޔައިރުވެސް އެގަސްވަނީ ކަނޑާ ނުލައި ބަހައްޓައިފައެވެ. ނުވަތަ ހިމާޔަތް ކުރެވިފައެވެ. އެގަހުގެ ބިޔަކަމާއި ބޮޑުކަމުގެ އިތުރުން ރީތިކަމަށް ގިނަ ބަޔަކު ހެއްލި، އެތަނުގައި ފޮޓޯތައް ނެގުމުގައި ވަގުތުތަކެއް ހުސްކުރިއެވެ. ދެވުނު މައުލޫމާތުތައް ފޮތްތަކުގައްޔާއި ފޯނުތަކުގައި ހުރިހާކުދިންތައް ރައްކާކުރަމުން ގެންދިޔައީ ވަރަށް ފޯރީގައެވެ. މިހާރުވެސް އެރަށުގައި ފުލެޓްތަކެއް އެޅުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. ވަރަށް ބާރަށް ޔަޤީންކަމާއެކު އަތުނުވާނޭ ދަރަޖައަކަށް ނޮޅިވަރަންފަރު ތަރައްޤީ ކުރެވިދާނެ ކަމުގެ ކުލަތައް އެރަށުގެ ހުރިހާ ދިމާއަކުން އެއްއަޑަކަށް އިވި އިވި ހުއްޓެވެ.

   ހަރަކާތް ނިމުނުއިރު ހުކުރަށް މާ ގިނައިރުތަކެއް ނެތުމުން ދެން ދިޔައީ ހުކުރުނަމާދަށް ދާން ހުކުރުހެދޭށެވެ. ހުކުރަށް އަރައި ކަހުފް ސޫރަތް ކިޔެވުމަށްފަހު ހުކުރު ޚުތުބާޔާއެކު ހުކުރުނަމާދު ނިންމާލެވުމުން ގެއަށް އައީ އާތިފް އާއެކުގައެވެ. ގިނަ ވަގުތުތަކުގައި އާތިފް އަހަރެން ގާތުގައި ހުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ނޮޅިވަރަންފަރުގެ އެކިތަންތަނުގެ މައުލޫމާތު ލިބި ރަށް ރަނގަޅަށް ދަސްވެގެން ދިއުމުގެ މަގަކަށެވެ. ގެއިން ކައިބޮއިހަދައިގެން ގޭގެ ކުދިންނާއި، ގޭގެ އެންމެންގެ ގާތުގައި ވަގުތުތައް ހޭދަކޮށްލަން މަޑުކޮށްލީމެވެ. ގޭގައި އުޅޭ މީހުންގެ ހިތްހެޔޮކަމާއި އަޅާލުން އަބަދުމެ އަބަދަށް އަހަރެންގެ ހިތައް ބަންޑުއްވެ ވެ ހުއްޓެވެ. (ނުނިމޭ)

ދަތުރުނާމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫ ކޮމް މިހާރު ދަރިވަރުންގެ ނޯޓް ފޮތަކަށް ބަދަލު ވީތަ. މަ ވެސް ހުންނާނެ ސަޅި ފަރިތަކުރުންތަކާއި ދޭހަތަށް ހަދާލާފަ އިސްލާމްގަޑީގަ، އެ އެއްޗެހިވެސް ފޮނުވާލީމަ، ޖަހާލަ ދީބަލަ

– 19 މާރިޗު 2014 2

ހަސަދަވެރިވިޔަސް ތަންފުކެށް ބޮޑުވަރު

– 19 މާރިޗު 2014 4

ނުނިންމާތި ތީތި

– 19 މާރިޗު 2014 2

އޭނާވާ އެނިއްމާފަ އެބަ ދެއެންނު...... ހަމައަޅަންވީނު އެޔޭ ކުރިއެރުމަކީ......

– 19 މާރިޗު 2014 1