ނުދެވުނު ގެވަޅު — Ihavandhoo.com

ނުދެވުނު ގެވަޅު

6 މާރިޗު 2016 8

ދުނިޔޭގެ އާބާދީ 5 ބިލިއަނުން، 7 ބިލިއަނަށް މިއަދު އިތުރުވެފައިވާއިރު، އަދި 2050 ވަނަ އަހަރު 12 ބިލިއަނަށް އާބާދީ އިތުރުވާނެކަމަށް މާހިރުން ލަފާކުރާއިރު، ދުނިޔޭގެ ހުރިހާ ޤައުމެއްގައި، ރަށެއްގައި އަދި އަވަށް ގަންގަޑުގައިވެސް، ބިމުގެ ބޭނުން އެ ވަގުތެއްގެ ހާލަތާއި ގުޅޭގޮތުން ހެޔޮ ގޮތުގައި ހިފުމަށް ގިނަ ގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަން ސާފުކޮށް ފެންނާން އެބަ އޮތެވެ. މިގޮތުން، މިހުން ދިރިއުޅުމަށް ގެދޮރު ބިނާކުރުމަށާއި، ސިނާއީ މަސައްކަތްތައް ކުރުމަށާއި، އިޖްތިމާޢީ މަސައްކަތްތައް ކުރުމަށް ބިމުގެ ބޭނުން ހިފައެވެ. ދުނިޔޭގެ އާބާދީއާއި އެއްގޮތަށް އަހަރެމެން ދިރިއުޅޭ ކައުނު ހެދި ބޮޑުވާކަން ސައިންސް ގެ ހޯދުންތަކުން މިއަދު ޔަޤީން ކުރެވިއްޖެއެވެ. އެހެންކަމުން، ހެދެމުން އަންނަ އާބާދީގެ ނިޞްބަތުން އިންސާނުން ދިރިއުޅެން ބޭނުންވާ  މިންވަރުގެ ބިން ލިބޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އެއީ އަހަރެމެންގެ ޢަމަލުތަށް ބަށްޓަން ކުރެވޭ ގޮތާއި ގުޅުމެއް ވާކަމެއްކަމަށް ގަބޫލު ކުރެވެއެވެ.

މިއަދުގެ ހާލަތަށް ބަލާއިރު، އިހަވަންދޫގެ ހެދެމުން އަންނަ އާބާދީގެ ތެރެއިން، ބައެއް ފަރާތްތަކަށް ދިރިއުޅެން ބިމަކަށް މިވަނީ ނުހަނު ބޭނުންވެފައެވެ. ހަމައެކަނި އެބައިމީހުންގެ މުސްކުޅި މައިންބަފައިންނަށް ބޯހިޔާވަހިކަމަކަށް ބޭނުންވާތީއެއް ނޫނެވެ. މުސްތަޤުބަލްގެ އުއްމީދުކަމުގައިވާ ދަރިންގެ ބޯހިޔާވަހިކަމާއި، ހިތްހަމަޖެހޭ ދިރިއުޅުމުކަށް އެދި އެދި ތިބޭ ހާލުވެސް މެއެވެ. އާއިލީ މައްސަލަތަކުންނާއި ދޭދޭ ރަހުމަތްތެރިންގެ ދެމެދުގައި އުފެދޭ ޒުވާބާއި ކޯޅުންތަކުންވެސް އެއްކިބާ ވުމަށް ބޭނުންވާތީއެވެ. އަމިއްލަވަންތަ ދިރިއުޅުމަކަށް ރަށްފުށުގެ ރަށްވެހީން ލޯބި ކުރާތީއެވެ. ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކުގެ ތެރެއިން އިހަވަންދޫއިން ގެވަޅު ބޭނުންވެފައިވާ ފަރާތްތަކުގެ މުހުތާދުތަކަށް ތަޞައްލީއެއް ގެންނަން މި އަދު ޖެހެއެވެ. ރަށުގެ ބިމުން އެންމެންނަށް ގެވަޅު ދޭވަރަށް ބިން ލިބެން ނެތް ކަމުގައި ވީ ނަމަވެސް، އެކަމަށް އެންމެ ބޭނުންވާފަރާތްތައް ނިޒާމެއްގެ ތެރެއިން ބެލި، އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ މުއައްސަސާ މިވަނީ މި އަދު ފެއިލްވެފައެވެ. އެއީ އިހަވަންދޫ ކައުންސިލް އިދާރާއެވެ. ޖުމުލަގޮތެއްގައި ބަލާއިރު، ރަށުބަނދަރުގައި "ޞަރަޙައްދު" ވަކިކުރާ ބޯޑު ތަކެއް ޖެހުން ފިޔަވައި އެހެން ކަމެއް ކުރެވިފައި ނެތެވެ. ގިނަވަގުތަކީ ، ނުކިއްސަރު ފެނަކައިގެ މެނޭޖަރުންނާއި ކޮފީގައި "ފެންބަޑި" ޖަހާ ވަގުތެކެވެ. އޮފީސް ހިންގަން ނޭގޭނަމަ، އެހެން މީހުންކައިރިން ދަސްކުރަން އެދެވިގެން ވެއެވެ.

ރައްޔިތުންގެ ޝަކުވާތަކަށާއި މައްސަލަތައް ޙައްލުކުރުމުގެ ބަދަލުގައި، އިހަވަންދޫ ކައުންސިލްއިން މަސައްކަތް ކުރަނީ ރައްޔިތުންންނާއި  ޖަދަލުކުރުމަށެވެ. ނުދެއްކުނު އިދާރީ ލިޔެކިޔުންތަކުން ޔަޤީންވަނީ، އަހަރެމެންގެ އެންމެންގެ ހައްޤުތަކަށް ބަޔަކަށް އަރައު             ގަނެވިފައިވާ ކަމެވެ. އެއީ ނުހައްޤުން ސަރުކާރެއް ޕޮރޮމޯޓު ކުރާ ޖަމާޢަތެކެވެ. ޤައުމުން ގެއްލުނު ފައިސާގެ އަވާގައި ޖެހި، ނިދި ރައްޔިތުމިހާގެ ވޯޓު ހަނދުމަ ނެތުނީތީ ދޯއެވެ! މައްސަލައެއް ނެތެވެ. ހިމަ ރޮއްޖެއްގެ ގޮތުގައި އޮވެ، ދައުރު ހަމަކޮށްލެވޭތޯ ބަލާށެވެ! ސެލްފީނެގުމާއި، މަސްބޭނުމާއި، ހޮޓާ ހިންގުމާއި، ގޮތް "ނޭނގޭ" ތެޔޮ ވިއްކުމާއި އަދި އެހެނިހެން ވިޔަފާރިތައް ކުރުކަމީ ބޮޑު މައްސަލައެއްގެ ގޮތުގުގައި ރައްޔިތުމީހާއަށް ސިފަވަނީ ދެވުނު ވޯޓުން އެދެވޭނެ ނަތީޖާއެއް ނެރެދިނުމަށް ކައުންސިލަރުން މަސްކަތްނުކުރާތީއެވެ. މަޤާމެއް ލިބުމަކީ ރައްޔިތުމީހާއަށް ކުރަންޖެހޭ ޙިދުމަތްތަކުގެ މަތިން ވަކިން ހަނދާން ނެތެންޖެހޭ ސަބަބެއް ނޫނެވެ. ރައްޔިތުންގެ ކެތްތެރިކަމާއި އަޙުލާޤު އެއީ ރަށު ކައުންސިލުން ނާޖާއިޖު ގޮތުގައި ބަލަންޖެހޭ ކަމެއް ނޫނެވެ. މި މައްސަލައިގައި ރަށު ކައުންސިލް ރައީސް އިހުމާލު މާ ބޮޑެވެ.

ފުރުނު ފޯމާއި، ކުރެހުނު ގޭގެ ތަސްވީރާއި އެކު އަދިވެސް މި ރައްޔިތުން ތިބީ ކުރިމަގަށް ކުރެވޭ އުއްމީދެއްގައެވެ. އެ އުއްމީދަކީ އަލަށް އިންތިހާބު ކުރެވޭ ކައުންސިލް އިން މި މައްސަލަ ހައްލު ކުރާނެ ކަމުގެ އުއްމީދެވެ. އެހެންކަމުން، މިހާރު ތިއްބެވި ކައުންސިލަރުން ރައްޔިތުން އިންތިހާބު ނުކުރާނެ ކަމަށް ބެލެވެއެވެ. އެއީ، އެ ރައްޔިތުންގެ އިހްޞާޞް ތަކާއި ކުޅެފައިވާތީއެވެ.

ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް, ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ފިރާޒްމެން ތެޅިތެޅި ތިބެންޖެހޭނި․ މިވެރިކަމެއް ނުވެއްޓޭނެ

– 6 މާރިޗު 2016 2

އެ ގެވަޅު ފިލްމުގެ ފުރަތަމަ ސީން <br> ފިލްމް ފެށޭ އިރު ފެންނަނީ އިހަވަންދޫގެ އާންމު ގެއެކެވެ․ 4 ކޮޓަރީގެ ގެއެކެވެ․ ގަޑި އަކީ ރޭގަނޑުގެ ނިދުމުގެ ވަގުތެވެ، ގޭގެ ކޮޓަރިއެއްގައި ދެމަފިރިއަކަށް ލިބިފައި ތިބި ފުރާވަރުގެ 5 އަންހެން ކުއްޖަކު ގުރުކެވިގެން ކަހަލަ ގޮތަކަށް ކައިރި ކާރީ އަތުރާފައި ހުރި ގޮދަޑި ތަކުގައި ނިދާފައި ތިއްބެވެ، ޖެހިގެން ހުރި ކޮޓަރީ ނިދާފައި އެ ތިބީ އެ ދެމަފިރިންގެ އެންމެ ދޮށީ ފިރިހެން ދަރިފުޅާ އޭނާގެ އަނބި މީހާއެވެ، ކޮޓަރި ތެރޭ އެ ދެމަފިރިންގެ 7 އަހަރަށްދާ އަންހެން ދަރިފުޅާއި 12 އަހަރަށްދާ ފިރިހެން ދަރިފުޅުވެސް ނިދަން ތިއްބެވެ․ މީ ނުހަނު ލޯބިން ކައިވެނި ކުރި ދެމަފިރިއެކެވެ ، އެހެނަސް މި ދެމަ ފިރިންގެ ދެމެދު މައްސަލަ ޖެހި މިހާރު އެ ތބީ ވަރި ފަށައް އަރާފައެވެ، ސަބަބަކީތޯއެވެ؟ އަމިއްލަ ދިރިއުޅުމެއްގެ ހިތްހަމަޖެހުން ނުލިބުމެވެ،ދިރިއުޅުން 12 ، 12 ގެ އަލިފާން ފޮއްޓެއްފަދަ ކޮޓަރީ ބިނާ ކުރަން ޖެހުމެވެ، ބޮޑެތި ވަމުންދާ ދަރިންގެ ކުރިމަތީ․․․․․․․․ ނުކެރުމެވެ․ <br> <br>ނުނިމޭ

– 6 މާރިޗު 2016 0

އިހަވަންދޫ ކައުންސިލް ހިންގުން އަބުދުލް ލޯ ހަލީމު (މަންޒަރުގެ)ހާވާލު ކުރީމަ އަމާނަތް ތެރިކަމާއެކު ހިންގާނެ․․․․․․․․

– 6 މާރިޗު 2016 0

ފިރާސްމެން ކިތައްމެވަރެއްވިއަސް އަހަރެމެންގެ ހިތައް އުއްފުވެސް ނާރާނެ!

– 6 މާރިޗު 2016 2

މުޅި ޤައުމު ހަލާކުކޮށްފި ޕީޕީއެމް މީހުން․ ހަމަ ކަނީ

– 7 މާރިޗު 2016 1

ހަމަ ގެޥަޅު ދޭންޖެހޭނީ

– 8 މާރިޗު 2016 0

ކައުންސިލަރުން އިސްތިއުފާ

– 8 މާރިޗު 2016 0

ފިރާޒު ރައްޔިތުންގެ ހައްޤުގައި ކުރާ މަސައްކަތަށް ޝުކުރުވެރިވަން․ ޝުކުރިއްޔާ!

– 9 މާރިޗު 2016 0