ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް

11 މާރިޗު 2017 0

އެމް.އެން.ޑީ.އެފްގެ ކްލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް އިން އިހަވަންދޫގައި ކުރިއަށްގެންދިޔަ ސެޓްފިކެޓް 3 އިން މަލްޓިމީޑިއާ އެންޑް ވެބް ޑިޒައިން ކޯހުގެ ދަސްވެނިވުމުގެ ހަފުލާގައި ވަނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ދެއްވާފައެވެ.

އެގޮތުން ހއ. އިހަވަންދޫ ތެމާ، ހަސަން ސާލިމް އަދި ޢަބުދުﷲ ޝާމިލް އަށް ސިފްކޯއިން ވަޒީފާ ހަމަޖައްސަވައިދެއްވާ، ވަޒީފާ ދެއްވި ކަމުގެ ލިޔުން ރޭގެ ހަފުލާގައި ވަނީ އެދެކުދިންނަށް ހަވާލުކޮށްފަ އެވެ.

ކޯސް ފުރިހަމަކުރި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ހިނގާބިނގާވެ ނޫޅެވޭ 4 ކުދިން ކަމުގައިވާ ހއ. އިހަވަންދޫ، ދޯދި ހުސެން ޝަރީފު،  ހއ. އިހަވަންދޫ ތެމާ، ހަސަން ސާލިމް އަދި ޢަބުދުﷲ ޝާމިލް އަދި ހއ. އިހަވަންދޫ ބަހާރީ، މުހައްމަދު މާއިޒް އަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ އިލެކްޓްރިކް ވީލްޗެއަރ ހަދިޔާކުރައްވާފައެވެ. ވީލްޗެއަރ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ.

ކޯސް ފުރިހަމަ ކުރި 6 ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަލްފާޟިލް މުޙައްމަދު ޢަބުދުﷲ ވަނީ ލެޕްޓޮޕެއް ހަދިޔާކުރައްވައިފައެވެ. މި ހަދިޔާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ.

ކޯސް ނިންމި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ތެރެއިން ހއ. މޮޅަދޫ ޖާލުލް އަރަފާތު، ރޭގެ ހަފުލާގައި ބައިވެރިވެފައިވަނީ ސިފައިންގެ ޔުނިފޯމުގައެވެ. އެއީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމު ތުރުކުރައްވާފައިވާ ޔުނީފޯމެވެ. ރޭގެ ހަފުލާގައި ވަނީ މިޔުނީފޯމު ޖާދުލް އަރަފާތަށް ހަދިޔާކުރައްވާފައިވާކަން އިޢުލާނު ކޮށްފައެވެ. އަދި ހާއްސަ ރަސްމިއްޔާތު ތަކުގައި މި ޔުނިފޯމު ބޭނުންކުރުމުގެ ހުއްދަ އަރަފާތަށް ދީފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ.  

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ