ސަލާމަތީ ސަބަބުތަކަށްޓަކައި އޮބާމާއަށް އައިފޯން ގެންގުޅޭކަށް ހުއްދައެއްނެތް! — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ސަލާމަތީ ސަބަބުތަކަށްޓަކައި އޮބާމާއަށް އައިފޯން ގެންގުޅޭކަށް ހުއްދައެއްނެތް!

6 ޑިސެމްބަރު 2013 0

އޮބާމާއަކީ މިވަގުތު ދުނިޔޭގެ އެންމެ ބާރުގަދަ މީހާގެ މަގާމުގައިހުރި މީހާއެއްކަމަކު އެބޭފުޅާއަށް އައިފޯން ގެންގުޅުންމަނަލެވެ. އޮބާމާއަށް ސަލާމަތީ ލަފާދޭ ފަރާތްތަކުން، އައިފޯނަކީ ސަލަމަތީ ރައްކާތެރިކަން ފުރިހަމަ އެއްޗެއް ނޫންކަމަށްބުނެ، އޮބާމާވަނީ އައިފޯނުން މަހުރޫމް ކޮށްފައެވެ.

ނަމަވެސް އޮބާމާގެ ދެދަރިންކަމަށްވާ ޝަޝާ އާއި މާލިއާ އައިފޯން ބޭނުންކުރާކަމަށް އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ ދަ ގާޑިއަންއާ ވަހާކަދައްކަމުން ބަރަކްއޮބާމާ ބުންޔެވެ. އޮބާމާއަކީ އެމެރިކާގެ ތާރީހުގައިވެސް ފުރަތަމަފަހަރަށް އީމެއިލް ބޭނުންކުރައްވާ ރައީސްއެވެ. އެކަމަށް އޮބާމާއަށް ހުއްދަލިބުނީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީއާއި 2009 ވަނަ އަހަރު ވަރަށްބޮޑަށް އެކަމަށްއެދި ވަކާލާތުކުރައްވައިގެންނެވެ.

އޮބާމާ މިހާރުގެންގުޅެނީ ބުލެކްބެރީއެކެވެ. އެފޯނަކީ ހަމައެކަނި 10 މީހުންނާއި މުއާސަލާތުކުރެވޭގޮތަށް ވަރަށްބޮޑަށް ދާއިރާ ހަނިކޮށްފައިވާ ފޯނެކެވެ. އޮބާމާއަށް އައިފޯން ގެންގުޅެން ހުއްދަ ނުލިބުނަސް އެބޭފުޅާ އެޕަލް އައިޕެޑް 2 ގެންގުޅެއެވެ. އެއީ 2011 ވަނައަހަރު އައިޕެޑް 2 އާމުކޮށް ނުކުތުމުގެކުރިން ސްޓީވްޖޮބް އޮބާމާއަށް ދީފައިވާ އެއްޗެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ