އޮފީސް އެޑްމިނިސްޓްރޭޝަންގެ ލެވެލް 3 ގެ ކޯހެއް ފަށަނީ — Ihavandhoo.com

އޮފީސް އެޑްމިނިސްޓްރޭޝަންގެ ލެވެލް 3 ގެ ކޯހެއް ފަށަނީ

1 ސެޕްޓެމްބަރު 2015 2

ހއ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގެ ތެރެއިން ފޮޓޯ:ހއ އަތޮޅު ކައުންސިލް

ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ހއ. އަތޮޅުކައުންސިލް ގުޅިގެން ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް ފެށުމަށް ހަމަޖެހިފައިވާކަމަށް އަތޮޅުކައުންސިލް އިދާރާއިން އިއުލާންކޮށްފިއެވެ. އެއިދާރާއިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ހއ. އަތޮޅު ކައުންސިލް އިދާރާގައި ހިންގުމަށް ހަމަޖެހިފައިވާ އެ ކޯހުގައި ބައިވެރިވާ ބައިވެރިންގެ ހުންނަންޖެހޭ ޝަރުތުތަކަކީ، ސާނަވީ ތައުލީމް ފުރިހަމަކޮށްފައިވައިވުން ނުވަތަ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ އުމުރުން 18 އަހަރުވެ ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުމެވެ.

2500 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް 15 ސެޕްޓެމްބަރ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އަތޮޅު ކައުންސިލަށް، ކޯހުގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި އެކްރެޑިޓް ކޮށްފައިވާ ސަނަދުތަކުގެ ކޮޕީ އާއި އެކު ހުށަހަޅަން ޖެހެއެވެ.

ކޯހުގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް، ހއ އަތޮޅު ކައުންސިލާއި، ރަށުކައުންސިލްތަކުގެ އިތުރުން ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ ވެބްސައިޓުން އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

1 އޮކްޓޯބަރ ގައި ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ބައިވެރިން ހޮވާނީ ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއިންނެވެ.

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޢަބުދުﷲ ހުސެއިން، މުޙައްމަދު ރަޝީދުމެން ފަދަ ބޭބޭފުޅުން ރަށު ކައުންސިލަށް ކުރިމަތިލައްވައިގެން ރަށުކައުންސިލުގައި ތިއްބަވާނަމަ އިހަވަންދޫގެ ރައްޔިތުންނަށް ހައުދަހާ އުފާވެރި ޚިދުމަތް ތަކެއް ދެއްވާނޭ،

– 1 ސެޕްޓެމްބަރު 2015 0

ރަގަޅު ވާހަކަ އެއް ނޫން․․․․․․․މުންޒިރު މުހައްމަދު އެބަ ހިންގާ މާ ރަގަޅު ކޯސް ތައް

– 3 ސެޕްޓެމްބަރު 2015 0