އޮޕެރާއިން ސްކައިފަޔާ ލެބް ގަންނަނީ

9 މާރިޗު 2013 0

އައިފޯން އަދި އެންޑްރޮއިޑް ފޯންތަކުގައި ފުލެޝް ކޮންޓެންޓް ވީޑިއޯގެ ކޮމްޕިޓިބިލިޓީގެ ސަބަބުން މަޤްބޫލްކަން ހޯދާފައިވާ ސްކައިފަޔާ ލެބް އޮޕެރާއިން ގަންނަކަން އިޢުލާންކޮންފި އެވެ. 155 މިލިއަން ޑޮލަރުގެ އަގަކަށް އޮޕެރާއިން ސްކައިފަޔާ ލެބް ގަންނަނީ އެކުންފުނީގެރޮކެޓް އޮޕްޓިމައިޒާ ގެ ބޭނުމުގަ އެވެ. ރޮކެޓް އޮޕްޓިމައިޒާ އަކީ ވީޑިއޯ އާއި ފުލެޝް ކޮންޓެންޓްތައް ސްޓްރީމްކުރުމުގައި ބާރުބޮޑު އަދި ލަސްކަނެކްޝަންތަކުގައި ސްފީޑް ދެނެގަނެ ވީޑިއޯގެ ސައިޒް ކުޑަކޮއްލާ ސޮފްޓްވެއަރ އެކެވެ. އޮޕެރާ ބުނާގޮތުގައި ސްކައިފަޔާއިން ލަސްކަނެކްޝަންތައް ދެނެގަނެ ވީޑިއޯގެ ކޮލިޓީ މިލިސިކުންތެއްގެ ތެރޭގައި ބަދަލުކޮންލަ އެވެ. އޮޕެރާ ޤަބޫލްކުރާ ގޮތުގައި ހައްދެއްނެތި ބޮޑުވަމުން އަންނަ އިންޓަނެޓާ އެކު ގިނަވަމުން އަންނަ ވީޑިއޯތައް ވެބްގައި ހިންގުމަށްޓަކައި މިއީ ކޮންމެހެންވެސް ކުރަން މަޖުބޫރުކަމެކެވެ. ސްކައިފަޔާގެ މި ޓެކްނޮލޮޖީ މިހާރުވެސް ބޮޑެތި މޯބައިލް އޮޕެރާޓާރުން ބޭނުންކުރެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ