ދެކޭގޮތުގައި — Ihavandhoo.com

ދެކޭގޮތުގައި

އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޙާބުގެ ކެމްޕޭންގެ ދުވެލި ސިޔާސީ ޕާޓީތަކުން މިހާރުވަނީ 7 ވަނަ ގިޔަރަށް ލާފައެވެ. ނިމިދިޔަ ހަފްތާ ބަންދުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކިއެކި ސިޔާސީ ލީޑަރުންވަނީ ބުރަކޮށް ކެމްޕޭންކުރައްވާފައެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ނިމި، ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން މުޖައްރިބުވީމާ  ރިޔާސީ އިންތިޙާބުގެ ކެމްޕޭން މެހުކަށްޖަހާނެއެވެ.

240000 ވުރެން ގިނަ މީހުންނަށް ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން ގެންދަވަނީ ބޮޑެތި ސިންގާ ސިޔާސީ ވަޢުދުތައްވަމުންނެވެ. ސިޔާސީ ވަޢުދަކީ ކޮންއެއްޗެއްކަން އަޅުގަނޑުމެންނަށް ދަސްވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައެވެ.

ސިޔާސީ ޕާޓީތަކުގެ ވެރިންގެމެދުގައި ވެރިކަމުގެ ކޯޅުން އަބަދުވެސް އޮވެއެވެ. އެމްޑީޕީގެ މެންބަރުން ދެކޭގޮތުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިން އެއްބައިވެ، އެސަރުކާރުގެ ނައިބުރައީސާ ގުޅިވަޑައިގެން، އެމްޑީޕީގެ ސަރުކާރު ފިރުކައިގަތީ ބަޣާވާތަކުންނެވެ.

މިދެންނެވި ފަރާތްތަކުން، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ވާދަކުރައްވާ ، ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބުދުﷲ ޔާމީނާއި ދެކޮޅަށް ބަޣާވަތްކުރައްވަން އުޅުއްވާކަމަށް، ދޭހަވާ އިބާރާތުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަބުދުﷲ އަބުދުއްރަޙީމްވަނީ ވާހަކަފުޅުދައްކަވާފައެވެ.

ކަންމިހެންއޮތްއިރު، ވަހީދުގެ ސަރުކާރުގެ އިއްތިޙާދީ މެންބަރުންގެ މެދުގައި މިހާރުވަނީ އެހެން ބިރެއް ހިލެންފަށާފައެވެ. އެއީ ރައީސް މުހައްމަދު ނަޝީދަށް އިންތިޙާބުގައި ވާދަކުރެވޭނަމަ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެބޭފުޅުންނަށް، " ދެ ބުޅަޅުގެ ބޯކިބަލަށް" ވީހެން ވެދާނެތީ އެވެ. ފުރަތަމަ ބުރުން ރިޔާސީ ގޮނޑިގެއްލި "އެއްޝޮޓުން" ނަޝީދު ކާމިޔާބުކޮށްފާނެ އެވެ. މިހުވަފެން ވަރަށް ގިނަ ސިޔާސީ މީހުންނަށް ފެނެއެވެ. އެންމެ ތަފްޞީލްކޮށް ދިގުކޮށް މިހުފެންފެނުނީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ގެއްލުނު ގައުމީ ޕާޓީގެ ނައިބްރައީސްކަންވެސް ކުރައްވާފައިވާ ، ވިލުފުށީދާއިރާގެ އިއްޒަތްތެރި މެންބަރު ރިޔާޒް ރަޝީދަށެވެ. ރިޔާޒް ވިދާޅުވީ " މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިކުރެއްވޭ ވަރުގެ ގާބިލުކަމެއް ހުރި ސިޔާސީ ލީޑަރަކު އަދި ނެތް ކަމަށެވެ. "

އެމްޑީޕީ އާ ވާދަވެރި ސިޔާސީ ހަތުރުންގެ ވިސްނުމާއި ފިކުރު މިހެންހުރިއިރު، އެމްޑީޕީގެ ސިޔާސީ މަތިފަޑީގައި ހަރަކާތްތެރިވާ ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި ފުރަތަމަ ބުރުން އެމްޑީޕީ 2013ގެ ރިޔާސީ ރޭސް ކާމިޔާބު ކުރުމަކީ ، ނުވާނެކަމަކަށްވުރެން، ވުމާއިގާތް ޔަގީން ކަމެކެވެ. "2 ތިން 5 ތި " ކެމްޕޭން ކާމިޔާބު ވެއްޖެ ނަމަ މިއީ ޔަޤީން މުޖައްރިބު ކަމެކެވެ.

ސަބަބަކީ 2008 ގެ ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގައި ފަނަރަ ވަރަކަށް ހާސް މެންބަރުންނާއެކު ނިކުމެ، 44243 ވޯޓްނެގިރު، 45 ފާސް މެންބަރުންނާއެކު، ބަޣާވާތަކުން ވެރިކަން ގެއްލިފައިވާތީ ލިބޭ ހަމްދަރުދީގެ ވޯޓާއި، އެކަނިވެރި މައިންނާއި އުމުރުން ދުވަސް މީހުންނަށް އޯގާތެރިވެދެއްވީތީ އެމީހުންގެ ވޯޓާއެކު، 120000 ވުރެން ގިނަ ވޯޓް، އެމްޑީޕީއަށް ލިބިދާނެއެވެ.

2013 ގެ ރިޔާސީ އިންތިޙާބަށް އެމްޑީޕީ ނިކުންނާނީ ރާއްޖޭގައި ތިއްބެވި އެންމެ މޮޅު ދީނީ ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިޔަކު ނަޝީދުގެ ނައިބެއްގެ ގޮތުގައި އައްޔަންކުރައްވައިގެންނެވެ. އެއިރުން، ދީނަށް ލޯބިކުރާ އެތައް ބަޔަކު އެމްޑީޕީގެ މައްޗަށް ލޯބި ޖެހި ވޯޓްދޭނެއެވެ. މިދެންނެވި، ދީނީ ޢިލްމުވެރިޔަކީ ޑރ. މަޖީދުކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ސޮންދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެމްޑީޕީ ކާމިޔާބުވެއްޖެނަމަ އިހަވަންދޫ ރައްޔިތުންނަށް ކިތަންމެހާވެސް ރަގަޅެވެ. އިހަވަންދޫއަށް ކަމެއް ކޮށްދޭނީ ދޮންކުލަ ސަރުކާރުންނެވެ. ޕީޕީއެމް ގެ ސަރުކާރަކުންނޫނެވެ. ޕީޕީއެމްގެ ސަރުކާރުން އެޕާޓީގެ އިސްފަރާތްތަކަށް ހޮޓާ ރެސްޓޯރަންޓް ހަދާދޭނީއެވެ. ސްކޫލްގައި އެޅި ބިންގާވެސް ބައިގެން ހިގައްޖެއެވެ.

– 19 މާރިޗު 2013 7

ޔާމީނާ ދެކޮޅަށް ގާސިމާއި ވަހީދުގެންދަވަނީ މިހާރުވެސް ބަޣާވާތްކުރަމުން. ޔާމީން ކަޑުވާލެވުނީމާ ވަހީދަށް ނުވަތަ ގާސިމަށް ވެރިކަންލިބުން ވަރަށް ގާތް

– 19 މާރިޗު 2013 4

2008 ގައިވެސް ނަޝީދުއަށް ވަރަށް މަދުން. އެތައް ބައެއް އެއްވެގެން ވެރިކަން ހޯދައިދިނީ. އޭގެ ބަދަލުގައި ރައްޔިތުންނަށް ހަދާލިގޮތް އެނގެއެއްނު. އިރާދަކުރެއްވިއްޔާ މި ފަހަރު އެ ވަރަކަށް ވެސް ނުލިބޭނެ. ގިނަ ދިވެހިން ތިބީ ނަޝީދު ނޫން ކޮންމެ މީހަކަށް ވޯޓުލާން

– 20 މާރިޗު 2013 2

ލާދީނީ ބަޔަކަށް ދޭނެ ވޯޓެއް ނެތް. ގައުމު ދަރުވާލާފަ ތިބި ބަޔަކަށް ކޮން ވޯޓެއް ލިބޭނީ

– 20 މާރިޗު 2013 0

ހަމަ އެއްބުރުން މިފަހަރު ނަގާނެ ވެރިކަން ..............ދެން ލަލަލާ.....

– 9 މެއި 2013 2