ޖޯކް: ޕާކިސްތާނުގެ ޓެރަރިސްޓް — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

29 ދުވަސް

ޖޯކް: ޕާކިސްތާނުގެ ޓެރަރިސްޓް

ރަމަޟާން މަހުން ދުވަހެއްގައި، މީހަކު ވޮޝިންޓަނުގެ ޕާކެއްގެ ތެރެއިން ހިންގާފައި ދަނިކޮށް، ކުޑަ ކުއްޖަކަށް ވަލު ކުއްތާއެއް ހަމަލަދޭތީ ފެނިއްޖެއެވެ. ބަލާކަށްނުހުރެ އެމީހާ ދުވެގޮސް އެ ކުއްތާއަށް ހަމަލަދޭން ފެށިއެވެ. އިސާހިތަކު އޭނާ އެކުއްތާ މަރާލައި ކުޑަ ކުއްޖާ ސަލާމަތް ކޮށްފިއެވެ. އެމަންޒަރު ބަލަން އެވަގުތުހުރި ފުލުހަކު ކުއްތާ މަރާލި މީހާގެ ކާރިޔަށް އައިސް އެބަބުނެއެވެ.

ފުލުސް މީހާ: "ތިބާ ތީ "ހީރޯ" އެކެވެ. މާދަމާ ނުކުންނަ ނޫސްތަކުގެ ފަލަސުރުހީގައި އޮންނާނީ "ވޮޝިންޓަނުގެ ހިތްވަރުގަދަ ޒުވާނަކު، ކުޑަކުއްޖެއް ވަލުކުއްތާއެއްގެ ކިބައިން ސަލާމަތް ކޮށްފި" ކަމުގަ"

ކުއްތާ މަރާލި މީހާ: "އެކަމަކު! އަޅުގަނޑު މީ ވޮޝިންޓަނުގެ މީހެއް ނޫނޭ!"

ފުލުސް މީހާ: "އެހެންތަ! އެހެންވެއްޖެއްޔާ މާދަމާގެ ނޫސްތަކުގެ ފަލަސުރުހީގައި އޮންނާނީ "ހިއްވަރުގަދަ ޒުވާން އެމެރިކަނަކު، ކުޑަކުއްޖެއް ވަލުކުއްތާއެއްގެ ކިބައިން ސަލާމަތް ކޮށްފި" ކަމުގަ"

ކުއްތާ މަރާލި މީހާ: "ސަރ! އަޅުގަނޑުމީ އެމެރިކާގެ މީހެއްވެސް ނޫން!"

ފުލުސް މީހާ: "އެހެންތަ؟ އެހެންވިއްޔާ ތިބާ ކޮން ގައުމެއްތަ؟"

ކުއްތާ މަރާލި މީހާ: "އަރެން މީ ޕާކިސްތާނު މީހެއް."

އޭގެ އަނެއްދުވަހު ނުކުތް ނޫސްތަކުގެ ފަލަސުރުހީގައި އޮތީ "ޕާކިސްތާނުގެ ޓެރަރިސްޓަކު ވޮޝިންޓަނުގެ ޕާކެއްގެ ތެރޭގައި އޮތް، ކުށެއްނެތް ކުއްތާއެއް މަރާލާފި" ކަމުގައެވެ.  

ޖޯކް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެމެރިކާވީމަ އޯކޭ ދޯ؟ ޕާކިސްތާނު ވީމަ .... ހެހެ.

– 30 ޖޫން 2014 0