ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފުނުލިބޭކަމަށް އިސްރާއިލްގެ ގްރޫޕަކުން ބުނެފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފުނުލިބޭކަމަށް އިސްރާއިލްގެ ގްރޫޕަކުން ބުނެފި

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބިނުދެވޭކަމަށް އިސްރާއިލްގެ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ފުޅާކޮށް ހަރަކާތްތެރިވަމުންދާ ގްރޫޕެއް ކަމަށްވާ ޔޭޝް ދިން އިން ބުނެފިއެވެ. ފަލަސްތީނުގެ ވެސްޓް ބޭންކުގައި އިސްރާއިލުން ގަވާއިދާއި ހިލާފަށް އަޅާފައިވާ އާބާދީ ތަކުގައި އުޅޭ އިސްރާއީލުގެ ރައްޔިތުން، ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގާ ޖަރީމާތަކަށް އަދަބު ނުދެވޭކަމަށް އެ ގްރޫޕުން ބުނެއެވެ.

އެ ގްރޫޕުން ބުނާގޮތުގައި އެފަދަ މައްސަލަތަކުގެ 85 އިންސައްތަ މައްސަލަ ނުބެލި ހުއްޓިފައިވަނީ، ތަހުގީގު ކުރުމުގައި ފުލުހުން ފަރުވާ ކުޑަކޮށްފައި ވުމުންނެވެ.

އދ އިން ބުނާގޮތުގައި 2014 ވަނަ އަހަރު އެކަނިވެސް އެފަދަ 399 މައްސަލައެއް ހުށަހެޅިފައި ވެއެވެ.

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ