ފޯނު ފިހާރައެއް ފަޅާލައި ފިލަން ދުވި މީހަކު ހައްޔަރުކޮށްފި — Ihavandhoo.com

ފޯނު ފިހާރައެއް ފަޅާލައި ފިލަން ދުވި މީހަކު ހައްޔަރުކޮށްފި

17 ސެޕްޓެމްބަރު 2019 0

މާލޭގެ ފޯނު ވިއްކާ ފިހާރައެއް ފަޅާލައި، ވައްކަން ކުރުމަށް ފަހު ފިލަން ދުވި މީހަކު އަތުލައިގަނެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހާ ވައްކަންކޮށްފައި ވަނީ، ގަލޮޅުގައި ހުރި މޯބައިލް ފޯން ވިއްކާ ފިހާރައަކުން ކަމަށެވެ.

އަދި އެ ފިހާރަ ފަޅާލައިގެން އުޅޭ ކަމަށް ރޭ ފަތިހު 4:40 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު ދަބަހެއް އަޅުވައިގެން ހުރި މީހަކު ފިހާރަ ތެރެއިން ނިކުތް ކަމަށާއި، ފުލުހުން ފެނުމުން ދަބަސް އެއްލާލާފައި އޭނާ ދުއްވާގަތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހާ ފުލުހުންނަށް ފިލަން ދުވައްވައިގަތުމުން އޭނާގެ ފަހަތުން ގޮސް އޭނާ އަތުލައިގަނެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ އެއްލާލި ދަބަހުން ގިނަ އަދަދެއްގެ ފޯނާއި ކޭބަލް ވާތަކާއި ފޯނާ ގުޅުން ހުރި އެހެން ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ