ފޮޓޯއިން: ހަށިގަނޑުގައި ބަނދެލައިގެން 94 އައިފޯނު ޗައިނާއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2015
1
ގައިގެ އެކިހިސާބުތަކުގައި ބަނދެލައިގެން 94 އައިފޯނު ޗައިނާއަށް އެތެރެކުރުމަށް މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފޯނުތައް ވަގަށް އެތެރެކުރަން އުޅުނުކަން ފަޅާއަރާފައި ވަނީ އޭނާގެ ހިނގުން ހުރިގޮތުން ޝައްކުކުރެވިގެން ސެކިއުރިޓީން ބަލައި ފާސްކުރުމުންނެވެ. ފަޔާއި އެކު ހަށިގަނޑުގައި ޓޭޕުއަޅައި ބަނދެލާފައިވާ ފޯނުތަކުގެ ސަބަބުން އޭނާ ހިނގާއިރު ކަކޫވެސް ނުލެނބޭ ކަމަށް ސެކިއުރިޓީ އޮފިޝަލުން ބުނޭ.
އެމީހާ ހައްޔަރުކޮށްފައި ވަނީ ޗައިނާ އާއި ހޮންކޮންގު އަށް ވަދެވޭ ބޯޑަރު ކައިރިން އިމިގުރޭޝަން ޕޯރޓަކުންނެވެ. ހޮނކްކޮންގު ގެ ޤާނޫނު ބުނާގޮތުން ސުމަގުލްކުރުމަށް މަސައްކަތް ކުރިމިމާހާ 171000 ޕައުންޑުގެ ޖޫރިމަނާކޮށް، 7 އަހަރުގެ ޖަލުހުކުމަކާއި ކުރިމަތިލާންޖެހޭނެއެވެ.
ޚިޔާލު ފައުޅުކުރުން