ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު): ޕޯލްސްޓަރ ޗެމްޕިއަންކަން ހޯދައިފި — Ihavandhoo.com

ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު): ޕޯލްސްޓަރ ޗެމްޕިއަންކަން ހޯދައިފި

1 ޖެނުއަރީ 2015 1

ހދ. ހަނިމާދޫގައި  މިއަދު ހަވީރު ކުޅެވުނު ޕްރެޒިޑެންޓްސް ކަޕް ނޯތު ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މުރައިދޫ އަންހެނުންގެ ގުޅުން ސީދާ 3 ސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ކުލަބު ޕޯލްސްޓަރއިން ހޯދައިފިއެވެ.

މިމެޗުގެ ސެޓުތައް ޕޯލްސްޓަރއިން ގެންދިޔައީ 25-16 ، 25-17 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޯލްސްޓަރ ޓީމުގެ ކެޕްޓަން ފާތިމަތު ޝަނީޒާއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ ޝަނީޒާ އެވެ.

މުބާރާތުގެ އެންމެ މޮޅު ސްޕައިކަރަކަށް މުރައިދޫ އަންހެނުންގެ ގުޅުމުގެ ފާތިމަތު ސަމާހު ހޮވުނުއިރު މުބާރާތުގެ ބެސްޓް ސާވާއަކަށް ހޮވުނީ އެޓީމުގެ ޝުވައިބަތު ހުސައިން އެވެ. މުބާރާތުގެ ބެސްޓް ސެޓަރަކަށް ހޮވުނީ ޕޯލްސްޓަރގެ އައިޝަތު ޝިފްލާ އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ޕޯލްސްޓަރގެ ފާތިމަތު ތަހޫރާ އެވެ. މުބާރާތުގެ އެންމެ މޮޅު ޑިގަރުގެ މަގާމަށް ދިއްދޫ ޓީނޭޖްގެ އައިޝަތު ޝިޔާމާ ހޮވުނުއިރު، އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ހޯރަފުށި ބެލެނިވެރިންގެ ގުޅުމުގެ އައިމިނަތު ފަޒްލާ އެވެ.

މުބާރާތުގެ ނަވާރަ އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ޕޯލްސްޓަރގެ އައިމިނަތު އަރީޝާ ހޮވުނު އިރު ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ދިއްދޫ ޓީނޭޖް ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ އެންމެމޮޅު ކޯޗަކަށް ހޮވިފައިވަނީ ކުލަބް ޕޯލްސްޓަރ ޓީމުގެ ހެޑްކޯޗް މޫސާ މާހިރެވެ.

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށްގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ހއ އަދި ހދ އަތޮޅުން ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާއިރު އިހަވަންދޫ ކުލަބު ޕޯލްސްޓަރއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހައި މެޗެއް ކާމިޔާބުކޮށްގެންނެވެ. އަދި އެއްމެޗް ފިޔައި ހުރިހައި މެޗެއްވެސް ޕޯލްސްޓަރ ކާމިޔާބުކުރީ ސީދާ ތިންސެޓުން އިދިކޮޅު ޓީމު ބަލިކޮށްގެނެނެވެ.

ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު)

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އައު އަހަރުގެ ފުރަތަމަ ދުވަހު އިހަވަންދޫގެ ރައްޔިތުން ޕޯލްސްޓަރގެ ޓީމުން ހެއްވާލަ ދިފި އެވެ․ ކުޅުންތެރިންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަން․

– 2 ޖެނުއަރީ 2015 0