ވީއޭއެމް ޕްރެޒިޑެންޓްސް ކަޕު 2015: ޕޯލްސްޓަރ ފައިނަލަށް — Ihavandhoo.com

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕު 2015: ޕޯލްސްޓަރ ފައިނަލަށް

17 އޮކްޓޫބަރު 2015 0

ޕޯލްސްޓަރގެ ވޮލީ ޓީމް..

ހއ. ބާރަށުގައި މިހާރު ކުރިޔަށްދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގައި އިހަވަންދޫ ކުލަބު ޕޯލްސްޓަރ ގްރޫޕް ސްޓޭޖް ފަހު މެޗުގައި މުރައިދޫ ޑިވްލޮޕްމެންޓް އެސޯސިއޭޝަން ސީދާ 3 ސެޓުން ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުން މިމެޗުގެ ސެޓްތައް ޕޯލްސްޓަރ ކާމިޔާބުކުރީ 25-22، 25-17 އަދި 25-12 އިންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުހޯދީ ޕޯލްސްޓަރގެ ޖާޒީ ނަމްބަރ 12، ފާޠިމަތު ޠޮހޫރާއެވެ.

ޖުމްލަ 4 ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތުގެ ފައިނަލުން ޕޯލްސްޓަރ ޖާގަ ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގެ ޤަވާއިދު ބުނާގޮތުން ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމަށް ސެމީ ފައިނަލް ނުކުޅެ ފައިނަލުން ޖާގަ ލިބޭނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ގްރޫޕް ސްޓޭޖްގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ސެމީ ފައިނަލްގައި މާދަމާ ހަވީރު ބައްދަލުކުރާނީ ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބު އަދި މުރައިދޫ ޑިވްލޮޕްމެންޓް އެސޯސިއޭޝަނެވެ.

މި މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ޓީމުތައް ހޮވުމަށް ކުޅެވޭ މުބާރާތެކެވެ. މިމަހުގެ 20 ވަނަ ދުވަހު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުން ޖާގަ ލިބޭއިރު ޕޯލްސްޓަރ އަށް މިހާރުވަނީ އެމުބާރާތުން ޖާގައެއް ޔަޤީން ވެފައެވެ.

ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު), ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ