ވީއޭއެމް ޕްރެޒިޑެންޓްސް ކަޕު 2015: ޕޯލްސްޓަރ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި — Ihavandhoo.com

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕު 2015: ޕޯލްސްޓަރ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

16 އޮކްޓޫބަރު 2015 1

ހއ. ބާރަށުގައި މިހާރު ކުރިޔަށްދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގައި އިހަވަންދޫ ކުލަބު ޕޯލްސްޓަރ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފިއެވެ. މިއަދު ހަވީރު ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ޕޯލްސްޓަރ ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ.

މުބާރާތުގެ ޤަވާއިދު ހަމަޖެހިފައިވާގޮތުން ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމޭއިރު އެންމެގިނަ  ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނެއެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމޭއިރު ދެވަނަ އަދި ތިންވަނާގައި އޮތް ދެޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓް ޕޯލްސްޓަރ ކާމިޔާބުކުރީ 25-17 އިންނެވެ. މެޗުގެ ތިންވަނަ ސެޓް 20-25 ން ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބު ކާމިޔާބުކުރިއިރު މެޗުގެ ހަތަރުވަނަ ސެޓް ޕޯލްސްޓަރ ގެންދިޔައީ 25-15 އިންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ޕޯލްސްޓަރގެ ޖާޒީ ނަމްބަރ 12، ފާޠިމަތު ޠޮހޫރާއެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މުރައިދޫ ޑިވްލޮޕްމެންޓް އެސޯސިއޭޝަނާއި ބާރަށް ޒުވާނުންގެ ދިރުމެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މާދަމާ ހަވީރު ޕޯލްސްޓަރ ނިކުންނާނީ މުރައިދޫ ޑިވްލޮޕްމެންޓް އެސޯސިއޭޝަނާ ދެކޮޅަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުން ފުރުޞަތު ލިބޭނެއެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2015, ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު)

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިހާރު ރީތިނަމަކާ ޝަރަފެއް ލިބިދާނެ، މާދަމާ ވާނެގޮތް ވިސްނާލާތި،،،،،

– 17 އޮކްޓޫބަރު 2015 0