ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ޕޯލްސްޓަރ ބަލިކޮށް ޕޮލިސް ކުލަބު ޗެމްޕިއަންކަން ހޯދައިފި — Ihavandhoo.com

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ޕޯލްސްޓަރ ބަލިކޮށް ޕޮލިސް ކުލަބު ޗެމްޕިއަންކަން ހޯދައިފި

19 ނޮވެމްބަރު 2015 1

ޕޮލިސް ކުލަބު. ފޮޓޯ: ޕީއެސްއެމް

ކުލަބް ޕޯލްސްޓާ 3-1 ސެޓުން ބަލިކޮށް، 47 ވަނަ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ރޭ ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗްގެ ފުރަތަމަ ސެޓް ޕޮލިސް ކުލަބު ކާމިޔާބު ކުރީ 25-17 ސެޓުންނެވެ. އެހެންނަމަވެސް މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައީ މެޗުގެ ދެ ވަނަ ސެޓް އިހަވަންދޫ ޓީމުން ކާމިޔާބު ކުރި ހިސާބުންނެވެ. އެސެޓް އިހަވަންދޫ ޓީމުން ކާމިޔާބުކުރީ 25-18 އިންނެވެ. 

މިމެޗުގެ ތިން ވަނަ ސެޓް ޕޮލިސް ކްލަބު ކާމިޔާބު ކުރީ 25-18 އިންނެވެ. އަދި މެޗުން ޕޮލިސް ކްލަބު މޮޅުވި ސެޓް ކާމިޔާބު ކުރީ 25-15 އިންނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެންޕިއަން ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާއެވެ.

މިމުބާރާތުގެ ޑްރީމް ޓީމްގައި ހިމެނިފައިވާ 6 ކުޅުންތެރިންނަކީ ދިއްދޫ ޓީނޭޖް ބޯއީސްގެ ސްޕޯޓްސް ކުލަބްގެ ހައްވާ ސަވާ، ޕޮލިސް ކުލަބްގެ ހަދީޖާ އިބްރާހީމް، ސުހާނާ އަހުމަދު، އައިޝަތު ޝައްފަ، ހާއްވާ ރާޝިދާ އަދި ކުލަބް ޕޯލް ސްޓާރގެ ފާތިމަތު ތޮހޫރާއެވެ. މިޓީމްގެ ލިބަރޯ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ޕޯލް ސްޓާރގެ ނާޒިމާ އަބްދުލް ވަހީދުއެވެ. ޑްރީމް ޓީމްގެ އެންމެ މޮޅު ކޯޗްއަކަށް ހޮވިފައިވަނީ ޗެންޕިއަން ޕޮލިސް ކުލަބްގެ މުހައްމަދު ނަދީމްއެވެ.

މިމުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރު ޖުވެނައިލްގެ އާމިނަތު އަރީޝާއެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިއްދޫ ޓީނޭޖް ބޯއީސްގެ ސްޕޯޓްސް ކުލަބްގެ ފާތިމަތު ޖޫޒާން ޒާހިރުއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޕޮލިސް ކުލަބުގެ ކޯޗް މުހައްމަދު ނަދީމެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކީ އިހަވަންދޫ ކުލަބް ޕޯލްސްޓާއެވެ

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިހަވަންދޫ ކުލަބް ޕޯލް ސްޓާރގެ ބިދޭސީ ކުޅުންތެރިޔާ މިސް ބުއަރ ޖެރޮންސުރއެވެ.

 

ކްލަބް ޕޯލްސްޓާރ, ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އޯހ․ ސޯ ސޭޑް

– 19 ނޮވެމްބަރު 2015 0