ފަލަސްތީން ދައުލަތް ބަލައިގަންނަން އިނގިރޭސި ޕާލަމަންޓުން ގަރާރެއް ފާސްކުރުމުން ނަޝީދު އެކަމަށް މަރުހަބާ ކިޔާފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

ފަލަސްތީން ދައުލަތް ބަލައިގަންނަން އިނގިރޭސި ޕާލަމަންޓުން ގަރާރެއް ފާސްކުރުމުން ނަޝީދު އެކަމަށް މަރުހަބާ ކިޔާފި

14 އޮކްޓޫބަރު 2014 0

ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން އިނގިރޭސި ގާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްއިން ރޭގެ ވަގުތެއްގައި ގަރާރެއް ފާސްކޮށްފައިވާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް މަރުހަބާ ކިޔާފިއެވެ.

އެބޭފުޅާ ދެންމެ ކުރެއްވި ޓްވީޓެއްގައި އެބޭފުޅާ ލިއުއްވާފައިވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ހައުސްއޮފް ކޮމަންއިން ފާސްކުރި ގަރާރަށް މަރުހަބާ ކިޔާކަމަށެވެ.

އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަ ޕާޓީގެ ގްރަހަމް މޮރިސް ހުށަހެޅުއްވި މި ގަރާރު، ފާސްވީ 272 ވޯޓު ލިބިގެންނެވެ. ގަރާރާއި ދެކޮޅަށް ވޯޓްލީ އެންމެ 12 މެންބަރުންނެވެ. އިނގިރޭސި ޕާލަމެންޓްގެ މުޅި ޖުމްލަ 650 މެމްބަރުން ތިއްބަވައެވެ.

ހައުސް އޮފް ކޮމަންސްއިން މިގަރާރު ފާސްކުރި ނަމަވެސް އިނގިރޭސި ސަރުކާރުގެ މައްޗަށް އެއްވެސް ކަމެއް ކުރުން ލާޒިމެއް ނުކުރެ އެވެ. އެކަމަކު އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން މި ވޯޓު ނެގުމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ފަލަސްތީނަށް ލިބޭ އިތުރު ހިތްވަރެއްކަމަށް މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ދެކެއެވެ.

މިގަރާރު ހައުސްއޮފް ކޮމަންސްއަށް ހުށަހެޅި، މޮރިސް ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރަން ވޯޓުލުމަކީ މިހާރު ހުއްޓިފައިވާ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން އެޅޭ މުހިންމު ފިޔަވަޅެކެވެ.

ވޯޓު ނެގި ލިއުމުގައި ވަނީ "އިޒުރޭލާ އިންވެގެން ފަލަސްތީންގެ މިނިވަން ދައުލަތެއް އޮތްކަން އިނގިރޭސި ސަރުކާރުން ގަބޫލުކުރަން ޖެހޭކަން މި މަޖިލިހުން ދެކެނީ ޖެހިޖެހިގެން ދެ ގައުމު އޮތުމަށް ދެކެވޭ ވާހަކަތަކަށް ޔަގީކަން ދިނުމަށް" ކަމަށެވެ.

ލޭބާ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ހަމަނުޖެހުން އުފެއްދުމުގެ ބަދަލުގައި ސިޔާސީ މަގު އިޚުތިޔާރުކޮށްގެން މަސައްކަތްކުރާ ފަލަސްތީންގެ ރައްޔިތުންގެ އަޑު މި ވޯޓުގެ ސަބަބުން ވަރުގަދަވާނެ އެވެ.

 

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ