ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީތަކުގެ އިންތިޚާބު ފެށިގެން ކުރިއަށް

13 ނޮވެމްބަރު 2020 0

ސްޓިއަރިންގ ކޮމެޓީތަކުގެ އިންތިޚާބު އިހަވަންދޫގައި ކުރިއަށް ދަނީ. ފޮޓޯ: ޢަބުދުﷲ އިރުޝާން

ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

ޕީޕީއެމް އިން ބުނެފައިވަނީ މިއިންތިޚާބު މިއަދުގެ މެންދުރުފަހު 2:30 އިން ފެށިގެން 6:00 އަށް ކުރިއަށް ދާނެ ކަމަށެވެ.

 

ސްޓިއަރިންގ ކޮމެޓީތަކުގެ އިންތިޚާބުގައި ހއ. އިހަވަންދޫން ޖުމުލަ 13 ކެންޑިޑޭޓުން ވާދަކުރެއެވެ.

މި އިންތިޚާބުގައި އިހަވަންދޫން ވޯޓުލުމުގެ ހައްޤު ލިބިފައިވާ 647 މީހުން އެބަތިބި ކަމަށް ޕީޕީއެމް އިހަވަންދޫގެ އިންތިހާބީ ކޮމެޓީން މައުލޫމާތު ދެއްވައެވެ. އިހަވަންދޫގައި ވޯޓުލުން ކުރިއަށް ގެންދަނީ ޕީޕީއެމް އިހަވަންދޫ އޮފީހުގައެވެ.

ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރައްޔިތުންނަށްވެސް ވޯޓު ލުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން އިހަވަންދޫ ރައްޔިތުންނަށް ހާއްސަ ވޯޓު ފޮށި ބަހައްޓާފައި ވަނީ އިއްޒައްދީން ސުކޫލުގެ ފުރަތަމަ ފަންގިފިލާގެ 1 އޭ ކުލާހުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ