ޕްލޭސްޓޭޝަން 4 އިއުލާންކޮންފި — Ihavandhoo.com

ޕްލޭސްޓޭޝަން 4 އިއުލާންކޮންފި

9 މާރިޗު 2013 0

އެކަމަށް ޚާއްޞަކުރެވިގެން ނިވްޔޯކްސިޓީގައި ބޭއްވި ޕްރެސް އިވެންޓްގައި ޕްލޭސްޓޭޝަން އާއިލާގެ އަންނައޮތް ޖީލްގެ ޢަދަދު އާންމުކޮންފި އެވެ. މި އިވެންޓް ގައި ޕީއެސް4ގެ އަސްލު ހާޑްވެއަރ ދައްކާލާފައި ނުވާއިރު ޕީއެސް4 ގެ މުޙިއްމު ބައެއް މަޢުލޫމާތުވެސް ހިއްސާކޮންފައެއް ނުވެއެވެ. ހާޑްޑްރައިވްގެ ސައިޒާއި ޑިޒައިންވެސް ސިއްރުކޮންފާވާއިރު، ޕުލޭސްޓޭޝަންގެ 4 ކޮންފިގަރޭޝަނާއި ހައިޞިއްޔަތު ފެނި އެއަށްވުރެ ވަރުގަދަ ކޮންފިގަރޭޝަންގެ ގޭމް ކޮންސޯލްއެއް ވާދަވެރިންނަށް ނެރުމުގެ ފުރުޞަތު އޮންނާނެކަމަށް ބުނެ މައިކްރޯސޮފްޓްގެ އެކްސްބޮކްސްގެ އަންނައޮތް ޢަދަދު އިއުލާން ނުކުރަނީހެން ޕީއެސް4 އިޢުލާން ނުކުރާނެކަމަށް މީގެކުރިން ސޮނީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.

ސޮނީއިން ސިފަކުރާގޮތަށް ޕީއެސް4 އަކީ "ސްޕަޗާޖެޑް ޕީސީ އާކިޓެކްޓް" ގޭމް ކޮންސޯލެކެވެ. އޭގައި x86 (32 ބިޓް) ޕްރެސެސާއަކާ ޕީސީ ސްޓައިލްގެ ޖީޕީޔޫ ހިމަނާފައިވާއިރު ޖީޑީޑީއާރު5 ގެ 8ޖީބީ ސިސްޓަމް މެމޮރީ ހިމެނެ އެވެ. ޕީއެސް 4ގެ ކޮންޓްރޯލަރއަށް ޑުއެލްޝޮކްގެ4 ގެ ނަންދީފައިވާއިރު ޕީއެސް ވީޓާގައި ހިމެނޭފަދަ ޓަޗްޕެޑެއް ކޮންޓްރޯލާރގެ މެދުގައި ހިމެނެ އެވެ. ސީޕިޔޫގައި 8 ކޯރ ހިމެނޭއިރު ކޮންމެ ކޮންސޯލެއްގައި އެކި ކޮންޓްރޯލާރތައް ޓްރެކްކުރުމަށްޓަކައި 3ޑީ ކެމެރާ ވަނީ ހަރުކޮންފަ އެވެ.

ޕީއެސް4 ގައި ސޯސިއަލް ގޭމިންއަށް އަމާޒު ހިފާފައިވާއިރު ކޮންސޯލްގެ މެއިން ޕަވަރ ސްވިޗް އޮފް ކޮންލިނަމަވެސް ފަސްމަންޒަރުގައި އެޕްލިކޭޝަން (ގޭމް) ޑައުންލޯޑް ކުރެވެ އެވެ. ފަސޭހަކަމާއެކު ފޮޓޯއާއި ވީޑިއޯ އަޕްލޯޑްކުރެވި، ކުޅެމުންދާ ގޭމެގެ ޕްރޮގްރެސް ބުރޯޑްކާސްޓްކުރޭގޮތަށް ފަރުމާކޮންފާވާއިރު ޕީއެސް4ގެ އިޖްތިމާޢީ މާހައުލުގައި ކުޅުންތެރިންގެ މެދުގައި ޗެޓްކުރެވޭގޮތަށް، އަދި އެހެންކުޅުންތެރިން ކުޅެމުންދާ ގޭމް ބަލާލައި ގޭމްކުޅުމުގައި އަނެއްކުޅުންތެރިޔާގެ ސިސްޓަމްގައި ބައިވެރިވެ އެހީތެރިވެވޭނެ އިންތިޒާމްވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ފޭސްބުކާއި ޔޫސްޓްރީމް އެޕްލިކޭޝަން ހިމަނާފާއިރު ވީޑިއޯ ސްޓްރީމް ކުރާ ނެޓްފްލިކްސް، ހުލޫ، ކްރެކްލް ފަދަ ސަރވިސްތައް ހިމަނާފައި ވެއެވެ. މި އެންމެ ފީޗަރތައް ހިމައނައިގެން ޕީއެސް4 ގައި ބޭނުންކުރާނީ  ސޮނީ އިން 380 މިލިއަން ޑޮލަރު ޚަރަދުކޮން، ގަނެފައިވާ ގައިކައި (Gaikai) ކުލައުޑް ގޭމިން ޚިދުމަތެވެ. މި ނެތްވޯކްގައި ގޭމެއް ގަތުމުގެ ކުރިން ގޭމް ކުޅެލައި ތަޖްރިބާކޮންލުމުގެ ފުރުޞަތު ލިބި އެވެ.

ޕީއެސް4 އާންމު ބާޒާރަށް ވިއްކަން ނެރޭނީ މިއަހަރުގެ ހޮލިޑޭ ސީޒަންގަ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ