މުޅި އިންޓަރނެޓް، ފުޅިއެއްގެ ތެރެއަށް... — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

މުޅި އިންޓަރނެޓް، ފުޅިއެއްގެ ތެރެއަށް...

6 ޖެނުއަރީ 2016 0

ފޭސްބުކާއި ވިކިޕީޑިއާގެ ހުރިހާ މަޢުލޫމާތެއް މިއަށް ފިޓް ވާނެބާ...؟

އަހަރުމެން މިއަދު ބޭނުން ކުރަމުން މިދާ "ޔޫ-އެސް-ބީ ސްޓިކްސް" (ޕެންޑްރައިވް) ތަކާއި ސީޑީ ތަކަކީ މަޢުލޫމާތު ރައްކާކުރުމަށް އެހާ އެކަށޭނެ އެއްޗެހިތަކެއް ނޫނެވެ. މި އެއްޗެއްސަކީ ވަރަށް އަވަހަށް ހަލާކު ވެގެންދާ އެއްޗެހިތަކެކެވެ. އެހެންކަމުން، "ޔޫ-އެސް-ބީ ސްޓިކްސް" (ޕެންޑްރައިވް) ތަކާއި ސީޑީ ތަކަކީ ގިނަ ދުވަހަށް މަޢުލޫމާތު ރައްކާކުރެވޭނެ ފަދަ އެއްޗެއްސެއް ނޫނެވެ. ނަމަވެސް، ގިނަދުވަހަށް މަޢުލޫމާތު ރައްކާކުރެވޭނެ ގޮތެއް ސްވިޒަރލޭންޑްގެ ދެ ދިރާސާކާރުންކަމަށްވާ، ރޮބާޓް ގްރާސް އާއި ރެއިންހާރޑް ހެކެލް ވަނީ ހޯދާ ފައެވެ. އެއީ ޑީއެންއޭ (DNA) ބޭނުން ކޮށްގެންނެވެ.

ޑީއެންއޭ އަކީ ދިރޭ އެއްޗެހީގެ ހުރިހާ މަޢުލޫމާތެއް ރައްކާ ކުރެވިފައި ހުންނަ "މޮލިކިއުލް" އެކެވެ. މި މޮލިކިއުލް އުފެދިފައިވަނީ ތަރުތީބުން އަތުރާލެވިފައިވާ "ނިއުކްލިއޯޓައިޑްސް" (މޮލިކިއުލް) (A, C, T, and G) ތަކަކުންނެވެ. ވީއިރު ޑީއެންއޭ ގައި ވަރަށް ގިނަ ޢަދަދެއްގެ މަޢުލޫމާތު ވަރަށް ކުޑަ ތަންކޮޅެއްގައި ރައްކާ ކުރެވިދާނެއެވެ.

2012 ވަނަ އަހަރު، ދިރާސާކާރުން ވަނީ ޑީއެންއޭ ގައި މަޢުލޫމާތު ރައްކާކުރެވިދާނެކަން ސާބިތު ކޮށްދީފައެވެ. ނިޔު ސައެންޓިސްޓްއިން ބުނާގޮތުން، 1 ގުރާމް ގެ ޑީއެންއޭ ގައި 455 އެކްސަބައިޓްސް (exabytes) ގެ މަޢުލޫމާތު ރައްކާކުރެވޭނެއެވެ. މި އަދަދަކީ ގޫގުލް އާއި ފޭސްބުކް، އަދި އެހެން ބޮޑެތި ޓެކްނޮލެޖީ ކުންފުނިތަކުގެ ހުރިހާ މަޢުލޫމާތެއް ރައްކާކޮށް، އަދި ބާކީވެސް ވާނެ އަދަދެކެވެ. ދެން އޮތް މައްސަލައަކީ މިގޮތް އެހާ "ސްޓޭބަލް" ނުވުމެވެ. ނުވަތަ އަވަހަށް ހަލާކުވެގެން ދިޔުމެވެ.

ޢާއްމު ގޮތެއްގައި ޖައްވުގެ ތެރޭގައި ހިމެނޭ ފެނާއި އޮކްސިޖެނާއި އެކުވެ، ޑީއެންއޭ ވަރަށް އަވަހަށް ހަލާކުވެގެންދެއެވެ. ކަންމިހެން ހުރިނަމަވެސް، ޑީއެންއޭ ކެޕްސޫލް، "ސްޓޭބަލް" ބިއްލޫރި ފުޅިއެއްގެ ތެރެއަށް ލައިގެން، އެ ހަލާކުވުން ހުއްޓުވޭނެ ގޮތެއް ގްރާސް ވަނީ ހޯދާފައެވެ. ހެކެލް ޚިޔާލު ދިނީ ޑީއެންއޭ އަށް އޭގެ ބައެއް އަމިއްލަ ކޮޕީތައް ލުމަށެވެ. އޭރުން ރައްކާކޮށްފައިވާ މަޢުލޫމާތުގެ އެއްބައި ގެއްލިގެން ދިޔަނަމަވެސް އަލުން އެ އިޢާދަ (ރިކަވަރ) ކުރެވޭނެއެވެ.

މި ދެ ދިރާސާކާރުން ކުރި ޓެސްޓް ތަކުން ހާމަވާގޮތުން، މި ގޮތް ބޭނުން ކޮށްގެން އެންމެ މަދުވެގެން 500000 އަހަރާއި 1 މިލިއަން އަހަރާއި ދެމެދުގެ މުއްދަތަކަށް މަޢުލޫމާތު ރައްކާކުރެވިދާނެއެވެ. އަހަރެމެންނަށް މުޅި އިންޓަރނެޓްގެ ހުރިހާ މަޢުލޫމާތެއް ޑީއެންއޭ އެއްގައި ރައްކާކުރެވިދާނެއެވެ. ނަމަވެސް މިކަން ކުރުމަކީ ވަރަށް އަގު ބޮޑު ކަމަކެވެ. ލަފާކޮށްފައި ބުނާނަނަމަ، 83 ކިލޯބައިޓް ރައްކާކުރުމަށް 1500 ޑޮލަރު ޚަރަދުވެއެވެ.

"އަހަރެމެން ރައްކާކުރާނީ ކޮންއެއްޗެއް؟" - ގްރާސް ވެސް ދެން ކުރި ސުވާލަކީ މިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ