ރައީސް މައުމޫނު ޕީޕީއެމްއިން ވަކިކޮށްފި

27 މާރިޗު 2017 1

ޕީޕީއެމްގެ މެމްބަރުކަމުން، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވަކިކޮށްފި އެވެ.

ރައީސް މައުމޫނު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމަށް ޕީޕީއެމްގެ ރައީސް ޔާމީނު ފެކްޝަނުގެ ކައުންސިލުން އިއްޔެވަނީ ނިންމާފައެވެ. ރައީސް މައުމޫނު ވަކިކުރުމަށް ނިންމީ ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނަވާމެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވާތީއެވެ.

ޕީޕީއެމްގެ ބާނީ  ރައީސް މައުމޫން އެ ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފައި މިވަނީ އެމަނިކުފާނު އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާތީ، ޕީޕީއެމްގެ ރައީސް ޔާމީނު ފެކްޝަނުގެ ކައުންސިލުން ރައީސް މައުމޫނު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމަށް ނިންމައި ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، ސުލޫކީ ކޮމެޓީ އިންނެވެ.

ރައީސް މައުމޫނު ޕީޕީއެމުން ވަކިކުރުމަށް އިއްޔެ ކައުންސިލުން ނިންމުމުން ރައީސް މައުމޫނު ވިދާޅުވެފައިވަނީ އެބާރު ކައުންސިލަށް ލިބިގެން ނުވާ ކަމުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވސސަސބޗފގެރދފގފ×

– 29 މާރިޗު 2017 0