ރައީސް ޔާމިން އަކީ ދެކެދެކެވެސް ނުދެކޭފަދަ ހިންގުންތެރި ކުޅަދާނަ ރައީސެއް: މުހައްމަދު ޢަބުދުﷲ — Ihavandhoo.com

ރައީސް ޔާމިން އަކީ ދެކެދެކެވެސް ނުދެކޭފަދަ ހިންގުންތެރި ކުޅަދާނަ ރައީސެއް: މުހައްމަދު ޢަބުދުﷲ

10 ޑިސެމްބަރު 2016 0

ރައީސް ޔާމިން އަކީ ދެކެދެކެވެސް ނުދެކޭފަދަ ހިންގުންތެރި ކުޅަދާނަ ރައީސެއްކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

10 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މެމްބަރު މުޙައްމަދު ޢަބުދުﷲ ވިދާޅުވީ "އަޅުގަނޑު ދަހިވެތި ވަނީ ތިޔަ ޒުވާނުންގެ އުންމީދުތައް ހާސިލް ކުރުމަށް، އަޅުގަނޑު ދަހިވެތި ވަނީ ތިޔަ ޒުވާނުންނަށް ބޭނުންވާ ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް، އަޅުގަނޑު ދަހިވެތި ވަނީ ތިޔަ ޒުވާނުންނަށް ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ތިޔަ ޒުވާނުން ބޭނުންވާ އެންމެ އުސްމިނަށް ތިޔަ ޒުވާނުން ގެންދިއުމަށް" ކަމަށެވެ. އެކަން ކަން ކޮށްދެއްވުމުގެ ހުންގާނުގައި ހުންނެވީ ޤާބިލް ލީޑަރެއް ކަމަށް ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ "އަޅުގަނޑު ދުއް ތާގަ ހަމަގައިމުވެސް ދުވަހަކުވެސް މިފަދަ ލީޑަރެއް" ނުފެންނަ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި މައިކަޕްގެ ކާމިޔާބު 10 އަހަރު ފާހަގަ ކުރުމުގެ ގޮތުން އަޅާފައިވާ 30 ފޫޓު ދިގު 2 ފޫޓު ފުޅާ ކޭކެއް ފެޅުން އޮތެވެ. ކޭކު ފެޅުމުގައި ބައިވެރިވެލެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާން އެކޮނޮމިކު މިނިސްޓަރ މުހައްމަދު ސައީދު، މުބާރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބުދުﷲ، އާއި ކުލަބު ޕޯލްސްޓަރގެ ރައީސް މުޙައްމަދު ސުޖާޢު އާއި ހއ. ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު، ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރާއި ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ އިތުރުން މައިކަޕްގައި ބައިވެރިވެފައިވާ ޓީމުތަކުގެ މެނޭޖަރުންނާއި ކެޕްޓަނުންނެވެ.

މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލު ކުރަނީ ވީވަން ސްޕޯރޓްސް އާއި ސެންސިޓީ ފޭންސް އެވެ.

މައިކަޕް 2016

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ