ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އިހަވަންދޫއަށް ޒިޔާރަތްކުރައްވައިފި

21 ޖޫން 2019 0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދޫ އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި އިހަވަންދޫ ސްކޫލަށާއި، ޞިއްޙީ މަރުކަޒަށާއި، އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ މުޢައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެރަށުގެ ކައުންސިލަރުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ