ރައީސުލްޖުމުހުރިއްޔާ މިއަދު އިހަވަންދޫއަށް ވަޑައިގަންނަވަނީ — Ihavandhoo.com

ރައީސުލްޖުމުހުރިއްޔާ މިއަދު އިހަވަންދޫއަށް ވަޑައިގަންނަވަނީ

31 މާރިޗު 2019 5

ރައީސުލްޖުމުހުރިއްޔާ އަލްފާޟިލް އިބުރާހިމް މުޙައްމަދު ސޯލިހު މިއަދު އިހަވަންދޫއަށް ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.

ރައީސްގެ މިދަތުރުފުޅަކީ އެމްޑީޕީ އިހަވަންދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުގެ މަޖިލީސް ކެމްޕޭނަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސްގެ މިދަތުރުފުޅުގައި މިއަދު މެންދުރުފަހު 1:45 ގައި އިހަވަންދޫއަށް ވަޑައިގެން އެމްޑީޕީ ކެންޑިޑޭޓަށް ތާއިދު ހޯދުމާއި ރައްޔިތުންނާއި ބައްދަލުކޮށްލެއްވުން އޮންނާނީ އެމްޑީޕީމާހަރުގޭގައި ކަމަށެވެ. އެއަށްފަހު، އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އާމިނާދިޔޯ ސިއްހީމަރުކަޒުގައި އަޅުއްވައިދެއްވުމާއި އިހަވަންދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލުގެ ބިންގާ އެސުކޫލުގައި އަޅުއްވައިދެއްވާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެންމެ ކާމިޔާބު ރައީސަކީ ރައީސް ޔާމީން. 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރުމަށްފަހު ހުރިހާ ޕާޓީތައް އެއްކޮޅޮގަ ތިބި އިރުވެސް 98ހާސް ވޯޓްހޯއްދެވި..އަނިޔާވެރިކަމުގެ ލިސްޓް...މާލޭ ކުނިގޮޑު..ރަސްފަންނު..ރަސްރަނިބަގީޗާ..25ބުރީގެ އައިޖީއެމްއެޗް..ކިންގސަލްމާން މިސްކިތް..ބުރިޖް..ހުޅުމާލެ 2ވަނަ ފޭސް..ހާބަރު ކެފޭތައް..ހިތްފަސޭހަ މައިޒާންތައް..ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ބޮޑު ޕްރޮޖެއްކްޓް..ބޯހިޔާވަހި ކަމުގެ މަޝްރޫއު..ކޮބާ އަދި އަތޮޅުތެރޭގައި ހިންގި މަސައްކަތް..ނުވިތާކަށް ގައުމު އަޅުވެތި ކުރުވުމަށް ރައްޔަތުންނަށް ގެއްލުންވާގޮތަށް ، ޓާޓާޔަކާ، ޓަޓުވާޔަކާ، ނެކްސްބިޒަކާ، ޖީއެމްއާރަކާ، މިތަންތަަނަށް އެތައް މިލިޔަނުން ފައިސާދައްކާ ދިވެހީންގެ ގައުމު ދިވެހީނަށް ބާރުވެރި ކުރުވި..މިލިސްޓްގަ މީ އަދި މަދުކަމެއް ހިމެނުނީ..އަނިޔާއޭ، ހުދުމުހުތާރޭ، ރައްޔަތުން ރުއިރުއިމޭ ތިކިޔަނީ..

– 31 މާރިޗު 2019 1

ވެރިކަމަށް އަރާ ތިހިރީ ވަގުވޯޓުން ރައީސް ޔާމީންގެ ތަރައްޤީ ފެނިފަ ހަމަ ފުނޑު ފުނޑު ވަނީ. މިއޮތީ ވައްކަމާ ފޭރުމާ ގޮތް ނެނގޭ މަރުތައް މިވީ ކުޑަ ދުވަސްކޮޅު ތެރޭ ފެނިއްޖެ. ދެން ފައިބާ ކަމެއް ނުކޮށް ހުއްޓަސް މިހާރު ފައިސާ ލިބޭނެ އެތައް ކަމެއް ރައީސް ޔާމީން ކޮށްދެއްވާފަ ހުރީ މުޅި ޤައުމު ތަރައްޤީ ކޮށްދެއްވި ބާނީ ރައީސް ޔާމީން ލަދު ހީވޭދޯ

– 31 މާރިޗު 2019 1

މަނިކުފާނަށް ހަޖަމްކުރަން ދަތިފުޅުވީ ތޯއްޗެކެވެ. ނޫނީ، މަނިކުފާނަށް ބިރުފުޅުން، ވަކި ބޭފުޅަކު ވިދާޅުވާގޮތަށް ވިދާޅުވާން މަޖުބޫރުވީއެވެ. ހަގީގަތަށް އިންސާފަށް ވާހަކަ ދައްކަވާ ވެރިއެއް ނަމަ، ވިދާޅުވާނީ، ދިވެހިރާއްޖެ ދުށް އެންމެ، ތަނަވަސް 5 އަހަރަކީ ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ކަމަށެވެ. ގައުމަށް ތަރައްގީ ގެންނެވިއެވެ. އޭގެ ކުރީން ދައުލަތަށް ދީފައިވާ ބޮޑު ގެއްލުން ފޫބެއްދުމަށް އެތަކެއް މަސައްކަތެއް ކުރިއެވެ. ރައްޔިތުންގެ މުސްތަގުބަލަށް އެތަކެއް ބިންގާތަކެއް އެޅުއްވިއެވެ. މަނިކުފާނަށް އާކަމެއް ނުކުރެވިގެން އުޅުއްވާއިރު، ތިޔަ އުޅުއްވަނީ، ޔާމީނު އެޅުއްވި ބިންގާ ތަކާއި ފެއްޓެވި މަޝްރޫއުތައްވެސް ހިންގާނޭ ވަގުތު ނުވެގެންނެވެ. އަނިޔާވެރިކަމަކީ އަޅެފަހެ ކޮބާހެއްޔެވެ.

– 31 މާރިޗު 2019 1

ރ ޔާމީންގެ ވެރި ކަމަކީދައުލަތް ނަގާ ކޮޅަށްޖެހި ވެރިކަމެވެ މޑޕ ތިން އަހަރުގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާތަކުން އަރައި ގަތުމަށް ބުރަ މަސައްކަތްތަކެއް ކުރި ވެރިއަކީ ރ ޔާމީނެވެ ހައްދުފަހަނަ އަޅާދިއަމީހާ ޖަލުކުރި ވެރިއަކީ ރ ޔާމީނެވެ ގައުމު ހަމަ މަގަށްއަޅުަވައި އިގްތިސާ ބިނާކުރި މީހަކީ ރ ޔާމީނެވެ.

– 31 މާރިޗު 2019 1

މިވަރުގެ އޮޅުވާލުންބޮޑު ރައްޔިތުންނަށްމިހާދޮގުހަދާވެރިއެއް އަދިޔަކު މިގައުމަކަށްނާދެ މިސަރުކާރުނޫނީ އެއްވެސްރަޙްމެއްނެތި މީހުންވަޒީފާތަކުންވަކިކުރަމުންގެންދާ ސަރުކާރެއް އަދިޔަކު ނުދެކެން މިހާރުވެސް އޮތީ އިންތިޚާބުނިމޭއިރަށް އެކި އެކި ތަންތަނުން މީހުންވަކިކުރާ ލިސްޓުހަދާފަ އެ ތަންތަނުގެ ވެރިންނާ އެލިސްޓުހަވާލުކޮށްފަ ސަރުކާރުން ދައްކާ ކެނޑި ޑޭޓެއްފިޔަވާ އެހެން ކެނޑިޑޭޓެއް ހޮވިއްޖެކަމުގަވަނީނަމަ އެ ރަށެއްނުވަތަ އެ މުވައްސަސާއެއްގެ ވަޒީފާތަކުގަތިބިމީހުންގެތެރެއިން ސަރުކާރަށްފެންނަބަޔަކުބަހަށްޓާފަ ދެންތިބި މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް އެތަންތަން ސާފްކޮށް ދޮވެލާނެކަމުގެބިރު މިހާރުވެސްދަނީ ދައްކަމުން ދެން އެގިދާނެތަ މިތިބީބަލަން

– 1 އޭޕުރީލު 2019 1