ރަމަޟާންމަސް އިހުޔާކުރުމުގެ ޤުރްއާން މުބާރާތުން 1 ވަނަ ރާޔާއަށް

10 ޖޫން 2017 0

މުޅި މުބާރާތުން ދެވަނަ ހޯދި މައީޝާ (ކ) އަށް މުބާރާތުގެ ޝަރަފުވެރި މެހެމާން އިހަވަންދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިނާމު ހަވާލުކޮށްދެއްވަނީ.

ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް ދިރުވައި އާލާކޮށް، ދަރިވަރުންނަށް ޤުރްއާން ކިޔެވުމާއި އަޑުއެހުމުގެ ފުރުޞަތު އިތުރަށް ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި އިހަވަންދޫ ސްކޫލުން ބޭއްވި ރަމަޟާންމަސް އިހުޔާކުރުމުގެ ޤުރްއާން މުބާރާތުން 1 ވަނަ ހއ. އިހަވަންދޫ، މަންޒިލް ފާޠިމަތު ރާޔާ ރައުފު ހޯދައިފިއެވެ.


އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް ޢަލީ ރަމީޒް (ވ) ބައިވެރިވެލެއްވި.

ޖޫން 9 ން 10 އަށް ކުރިޔަށްދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި މުޅި މުބާރާތުން 2 ވަނަ ހއ. އިހަވަންދޫ، އާހިޔާ މައީޝާ އަޙްމަދު ރަޝީދު ހޯދިއިރު މުޅި މުބާރާތުން 3 ވަނަ ހޯދީ ހއ. އިހަވަންދޫ، އަމާޒް އިބްރާހީމް އައުސް އެވެ.


ޕީޓީއޭގެ ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖު (ވ) މުބާރާތުގެ ބައިވެރިއަކަށް އިނާމު ހަވާލުކޮށްދެއްވަނީ.

މުބާރާތުގެ ދެ ގޮފިން (ފޮތުން އަދި ހިތުން ކިޔެވުމުގެ ގޮފި) އުމުރުފުރާތަކުން އަށް ދަރިވަރަކު 1 ވަނަ ހޯދާފައިވެއެވެ. އަދި ފަސް ދަރިވަރަކު 2 ހޯދާފައިވާއިރު އުމުރުފުރާތަކުން 3 ވަނަ ހޯދާފައިވަނީ ހަތަރު ދަރިވަރުންނެވެ.


އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު (ވ) މުބާރާތުގެ ބައިވެރިއަކަށް އިނާމު ހަވާލުކޮށްދެއްވަނީ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ހިފުޒުކޮށް ތަރާވީޙު ނަމާދު ކުރުމަށް ޕާކިސްތާނުން ގެނެސްފައިވާ 3 ޙާފިޡުންނެވެ.


މުބާރާތުގެ ފަނޑިޔާރަކަށް ޕްރިންސިޕަލް އަޙްމަދު ރަޝީދު (ވ) ހަނދާނީ ލިޔުން ދެއްވަނީ. މުބާރާތުގެ ފަނޑިޔާރުންނަށާއި މުބާރާތުގެ އިނާމު ހުށަހެޅުއްވި ފަރާތްތަކަށް ޕްރިންސިޕަލް ޝުކުރު ދެންނެވި.
އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ