ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި — Ihavandhoo.com

ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

26 މެއި 2017 0

މާދަމާ ފެށޭ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި، ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި މައްސަރެއް ކަމަށާ ރަޙުމަތާއި ނިޢުމަތުގެ މައްސަރެއް ކަމަށާ އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރުޞަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަމަޟާން މަހަކީ ތައުބާވުމާއި ހެޔޮކަންތައް ކުރުމުގެ ރޫޙާނީ މޫސުމް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެޔާއެކު، މިމައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވީހިނދު، މި މައްސަރުގެ މާތްކަމާއި އިތުރުކަން އެތައް ގުނަޔަކަށް ބޮޑުވެގެންދާ ކަމަށާ އެހެންކަމުން، ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަގޮތުގައި އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެވަޑައިގެން، ކީރިތި ޤުރްއާނަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ