ރަމަޟާންމަސް އިޙްޔާ ކުރުމުގެ ޤުރްއާން މުބާރަތް ފަށައިގެން ކުރިއަށް އެބަދޭ — Ihavandhoo.com

ރަމަޟާންމަސް އިޙްޔާ ކުރުމުގެ ޤުރްއާން މުބާރަތް ފަށައިގެން ކުރިއަށް އެބަދޭ

ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކުގައި ދަރިވަރުން ޤުރްއާން ކިޔެވުމަށް ބާރުއަޅައި އެފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ، ރަމަޟާންމަސް އިޙްޔާކުރުމުގެ ކުރުމުގެ ޤުރްއާން މުބާރާތް ފަށައިގެން ކުރިއަށް އެބަދެއެވެ.

ހަ ދަންފަޅިއަކަށް ބަހައިލައިގެން، މިއަދު ހެނދުނުން ފެށިގެން 2019 މޭ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކިޔެވުން ކުރިއަށްދަނީ އިހަވަންދޫ ސްކޫލުގައެވެ.

އެކި އުމުރުފުރާތަކުން ބަލައިގެން ކިޔެވުމުގެ ގޮފިން 78 ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 81 ދަރިވަރުންނާއެކު ޖުމްލަ 159 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މޭ 26 ވަނަ ދުވަހު ހެނދުނު 10:00 ގައި އިހަވަންދޫ ސްކޫލް ހޯލުގައެވެ.

ރަމަޟާންމަސް އިޙްޔާކުރުމުގެ ޤުރްއާން މުބާރާތަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު، އިހަވަންދޫ ސްކޫލުގެ ދަރިވަރުންނަށް ހުޅުވައިލައިގެން އެ ސްކޫލުގެ އިސްލާމް ކުލަބުން ބާއްވަމުންދާ ޤުރްއާން މުބާރާތެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ